ރިޔާސީ އިންތިޚާބުގައި ވާދަކުރާ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕޭނަށް ފައިސާގެ އެހީ ހޯދުމަށް އެޕާޓީން ޢާއްމުކޮށް އިޢުލާނު ކޮށްފިއެވެ.

ޑިމޮކްރެޓުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރިޔާސީ ކެމްޕޭނަށް ފައިސާގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އެގޮތުން އެ އިޢުލާނުގައިވަނީ، ޑިމޮކްރެޓްސްގެ ބޭންކް އެކައުންޓް ނަންބަރާއި، ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ބޭންކް އެކައުންޓް ނަންބަރު ހިމަނާފައެވެ. އަދި ފައިސާ ޖަމާކުރުމަށްފަހު ސްލިޕް ފޮނުވަންވީ ފޯނު ނަންބަރުވެސް ހިމަނާފައިވެއެވެ.

ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު 7 ލިބިވަޑައިގެންފައިވާ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް އަދި ރަނިންމޭޓް އަމްރު އަންނަނީ ކުރީގެ ރައީސް ނަޝީދާއެކު ރަށްރަށުގައި މިހާރުވެސް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންވަމުންނެވެ.

އެގޮތުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވާ ކެމްޕޭން ޖަލްސާތައް ވަނީ ބާއްވަވާފައެވެ. ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން