ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ރިޔާސީ ބަހުސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް "އުފާވެރި އަމާންރާއްޖެ" ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ދައުލަތުގެ މީޑިއާއާއި، ޤައުމީ ޔުނިވަރސިޓީ ގުޅިގެން ބާއްވާ ބަހުސަކީ ޢިލްމީ ވާހަކަތަކާއި، ޕޮލިސީތައް ދިރާސާކޮށްގެން ކުރިއަށް ގެންދާ ބަހުސެއް ކަމަށެވެ. އެހެންކަމުން އެ ބަހުސްގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ރައީސް މިވަގުތު އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުންނާ ވީހާވެސް ގާތަށް ވަޑައިގެން ރައްޔިތުން ބޭނުންވާ ކަންކަން އަމިއްލައަށް އޮޅުން ފިލުއްވަވަން ކަމަށެވެ.

"އަޅުގަނޑަށް އެބަ ކޮންފާމް ކޮށްދެއްވާ ރައީސް ޞާލިޙު އެމްއެންޔޫގައި ބާއްވާ ބަހުސަށް ވަޑައިގަންނަވާނެ ކަމަށް،" މާރިޔާ މިއަދު ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރާއްޖޭގެ މީޑިއާތަކަށް އަރައި އަމިއްލައަށް އިޝްތިހާރުވުމަށްޓަކައި ކުރާ ބަހުސްތަކަކީ ރައީސް ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެހެން ކެންޑިޑޭޓުންނާއި މީޑިއާތަކަށްވެސް ވިދާޅުވާ ކުޑައިމީސް ބަހެއް ނޫންކަމަށް މާރިޔާ ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ޞާލިޙަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން އެރައްޔިތުންގެ އަޑު އައްސަވާ ވެރިއެއް ކަމަށާއި، އެހެނިހެން ކެންޑިޑޭޓުންނަކީ، މީޑިއާ މެދުވެރިކޮށް ފިނިކޮޓަރީގައި ތިބެގެން އެކިއެކި ކަންކަން ކޮށްދޭނެ ވާހަކަ ދައްކާ ބައެއް ކަމަށްވެސް މާރިޔާވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން