ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކޯރަމް ހަމަވާ ޢަދަދަށް މެންބަރުން ޙާޟިރު ނުވުމުން ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަވާނީ 22 މެންބަރުން ތަޅުމަށް ހާޒިރުވުމުން ކަމަށެވެ.

އެހެންނަމަވެސް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެ އަދަދަށް މެންބަރުން ޙާޟިރުވެފައިނުވާތީ މަޖިލީހުގެ ޖަލްސާ ވަނީ ފެށުމާއެކު ނިންމާލައިފައެވެ.

"މަޖިލީހުގެ ޖަލްސާ ކުރިޔަށް ގެންދެވެނީ ޖަލްސާ ފަށާއިރު 22 މެމްބަރުން ހާޟިރުވެގެން. ކޯރަމް ރަނގަބީލު ޖަހާ އޭގެ ވަގުތު ހަމަވެ، އެހެންނަމަވެސް މަޖިލީހުގެ ތަޅުމަށް ކޯރަމް ހަމަވާ މިންވަރަށް މެމްބަރުން ހާޒިރު ނުވާތީ ޖަލްސާ ނުބޭއްވި ނިމުނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާފައިވާއިރު، މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލެވި މަޖިލީހުގެ މަސައްކަތްތައް އަދިވެސް އޮތީ ހުއްޓިފައެވެ.

މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު މަޖިލީހުގެ ރައީސާއި ނައިބު ރައީސާއި ދެކޮޅަށް ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައެވެ. އަދި މިއަދުގެ ޖަލްސާގެ ކޯރަމް ހަމަވެފައިނުވާއިރު މިދައުރުގައި މިހާތަނަށް މަޖިލީހުގައި މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން