ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކޯރަމް ހަމަވާ ޢަދަދަށް މެންބަރުން ޙާޟިރު ނުވުމުން ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް މިއަދު ވިދާޅުވީ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަވާނީ 22 މެންބަރުން ތަޅުމަށް ހާޒިރުވުމުން ކަމަށެވެ.

އެހެންނަމަވެސް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެ އަދަދަށް މެންބަރުން ޙާޟިރުވެފައިނުވާތީ މަޖިލީހުގެ ޖަލްސާ ވަނީ ފެށުމާއެކު ނިންމާލައިފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގަތީ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 10 މެންބަރުންނެވެ. މަޖިލީސް ނިންމަވާލައްވާފައިވަނީ ކޯރަމް ހަމަވޭތޯ 9:30 އާ ހަމައަށް ބެލުމުންވެސް ޤާނޫނީ އަދަދަށް ކޯރަމް ހަމަ ނުވުމުންނެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާފައިވާއިރު، މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލެވި މަޖިލީހުގެ މަސައްކަތްތައް އަދިވެސް އޮތީ ހުއްޓިފައެވެ.

މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު މަޖިލީހުގެ ރައީސާއި ނައިބު ރައީސާއި ދެކޮޅަށް ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައެވެ. އަދި މިއަދުގެ ޖަލްސާގެ ކޯރަމްވެސް ހަމަވެފައިނުވާއިރު މިދައުރުގައި މިހާތަނަށް މަޖިލީހުގައި މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން