ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ރާއްޖޭން ބޭރުގައި ހުންނަވާ މުއްދަތު ކަރެކްޝަނުން އިތުރުކޮށްދީފިއެވެ.

އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ ސިއްޙީ ތަޖުރިބާކާރުންގެ ލަފާގެ މަތިން އެމަނިކުފާނުގެ ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށްކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ވަނީ ބުނެފައެވެ. ނާރުގެ ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށް އަދީބު ސިންގަޕޫރަށް ފުރައިވަޑައިގަތީ މިދިޔަ ޖުލައި މަހުގެ 11ވަނަ ދުވަހެވެ.

ކަރެކްޝަނުން މިއަދު ބުނީ ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބް ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާފައިވާ މެޑިކަލް ޑޮކިއުމެންޓްތަކަށް ރިޢާއަތްކޮށް، އޭނާއަށް ދެވިފައިވާ ހުއްދަ ވަނީ 15 ސެޕްޓެމްބަރ 2023 އާ ހަމައަށް އިތުރުކުރެވިފައި ކަމަށެވެ.

މިވަގުތު ޙުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ އަދީބުގެ ބޭސް ފަރުވާއަށް ކަރެކްޝަނަލް ސާވިސްއިން ފުރަތަމަ ދިފައި ވަނީ 10 ދުވަހެވެ. އޭގެ ފަހުން މުއްދަތު އިތުރުކޮށްދިނުމަށް އޭނާ އެދިވަޑައިގަތުމުން އެ ފަހަރު އެ މުއްދަތު މަސް ދުވަހަށް އޮތީ އިތުރުކޮށްދީފަ އެވެ. އަދި އެ މުއްދަތު މިއަދަށް ހަމަވުމުން އަނެއްކާވެސް އިތުރު 18 ދުވަސް އިތުރުކޮށްދިނީ މިއަދުއެވެ.

ކަރެެކްޝަނުން ބުނީ، އަދީބަށް ރާއްޖޭންބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ކަމަށާއި އެއީ އެ އިދާރާގެ މެޑިކަލް ބޯޑުގެ ލަފައާއެކު ނިންމި ނިންމުމެއްކަމަށެވެ. ރާއްޖެއިން ބޭރުގައި އަދީބު ހުންނަވާ މުއްދަތުގައި އެ ސަރވިސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މޮނިޓަރކުރަމުން ގެންދާނެކަމަށްވެސް ކަރެކްޝަން ސަރވިސުން ބުނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 20 އަހަރަށް ޖަލަށް ހުކުމްކޮށްފައި ވީނަމަވެސް އަދީބުގެ ސިއްޙީ ސަބަބުތަކަކަށްޓަކައި އޭނާވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

މީގެކުރިންވެސް އަދީބު ވަނީ ކަރެކްޝަނަލް ސަރވިސްއިން ހުއްދައެއްގެ ދަށުން ފަރުވާއަށް އިންޑިއާއަށް ވަޑައިގެންފައެވެ. ނަމަވެސް ބޭސްފަރުވާއަށް ފަހު ވަނީ އެނބުރި ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން