މ.ކޮޅުފުށި މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް އާރުޑީސީއާ ޙަވާލުކޮށްފިއެވެ.

މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މަޝްރުއެކެވެ. 93,787,059.02 (ނުވަދިހަ ތިން މިލިއަން ހަތްލައްކަ އަށްޑިހަ ހަތްހާސް ފަންސާސް ނުވަ ރުފިޔާ ދެ ލާރި)އަށް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރުޑީސީ)އާ މިމަޝްރޫޢު ހަވާލުކޮށްފައިވަނީ 730 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެތެރޭގައި ކޮޅުފުށީގެ 2.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކުރުން ހިމެނެއެވެ. އަދި މަގުތަކުގައި މަގުބައްތިޖެހުންވެސް މިމަޝްރޫޢުގެ ތެރެއިން ކުރިއަށް ދާނެއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް ހަސަން ސައީދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން