ޅ. ހިންނަވަރުގެ އިހުތިސާސްގައި އެ އަތޮޅު ގާއެރިފަރު އަދި އއ. މަތިވެރީގެ އިހުތިސާސްގައި މަތިވެރި ފިނޮޅު ހިމެނުއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މިގޮތަށް ނިންމަވައި އެކަމުގެ ރަސްމީ ޤަރާރު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރީ އިއްޔެއެވެ.
އއ. މަތިވެރީ ފަޅު ތެރޭގައި އޮންނަ ތިން ހެކްޓަރުގެ މަތިވެރި ފިނޮޅު، މަތިވެރީ އިޚްތިޞާޞްގެ ތެރޭގައި ހިމަނައި ދިނުމަށް މަތިވެރި ކައުންސިލުން މީގެ ކުރިންވެސްވަނީ ސަރުކާރުގައި އެދިފައެވެ. ދާދިފަހުން ރައީސް ޞާލިޙްވަނީ މަތިވެރި ފިނޮޅު ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި 3.3 ހެކްޓަރުގެ ގާއެރިފަރަކީ އޯޝަން ކޯޓިއާ ޕްރޮޕަޓީސް ލިމިޓެޑް ކިޔާ ކުންފުންޏަކަށް މެރިކަލްޗާ އާއި އެކުއަކަލްޗާ މަސައްކަތް ކުރަން 2016 ވަނަ އަހަރުން ފެށިގެން 21 އަހަރަށް ކުއްޔަށް ދޫކުރި ރަށެކެވެ. އެރަށުގެ އެއްބަސްވުން ބާތިލްކުރީ މި ސަރުކާރުގައެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލުތަކުގެ އިހްތިސާސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ ރައީސަށެވެ.

ކިޔުންތެރިންގެ ހިޔާލު