ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި މަޤާމަށް ވަޑައިގެންނެވި ޒުހައިރު އެމަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ޒުހައިރު ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫންގެ ކެމްޕޭނުގައި ހަރަކާތްތެރިވުމުގެ ގޮތުންކަމަށް މަޢުލޫމާތު ލިބެއެވެ.
ޒުހެއިރު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެ މިނިސްޓްރީގެ ސްޓޭޓަކަށް ހުންނެވި ޑރ. ޝާހް މާހިރު ވެސް މި ހަފްތާގެ ތެރޭގައި ވަނީ މަގާމުން އިސްތިއުފާ ދެއްވައި ދަ ޑިމޮކްރެޓްސްއަށް ސޮއިކުރަށްވާފައެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި މިހާރު ތިއްބެވީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ އަހްމަދު އާދިލް އާއި އަައިޝަތު ރަޝީދު އެވެ.

ކިޔުންތެރިންގެ ހިޔާލު