އއ. ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލް ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކުރަށްވައިފިއެވެ.
ހުޝާމް އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އއ. އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައެވެ.
ހުޝާމް ކައުންސިލަށް އިންތިޚާބުވެފައިވަނީ މިނިވަން މެންބަރެއްގެ ގޮތުގައެވެ. ހުޝާމްގެ އިތުރުން އެރަށުގެ ގިނަ ބަޔަކު މިއަދު ވަނީ އެމްޑީޕީއާ ގުޅިފައެވެ. އޭގެތެރޭގައި ހިމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 މެންބަރުން ހިމެނެއެވެ.
އެބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ފޯމް ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ އަތްޕުޅަށެވެ.
ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ޕާޓީތަކުން ދަނީ މެންބަރުން އިތުރުކޮށް އެ ޕާޓީތަކުގެ ތާޢީދު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްޑީޕީންވެސް ދަނީ އެޕާޓީގެ މެންބަރުން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހާއެކު އެމްޑީޕީގެ ދަފްތަރުން 39،000 ވަރަކަށް މެންބަރުން އުނިވެގެން ދިޔައެވެ. އެމްޑީޕީން މިހާރު އަމާޒު ހިފާފައިވަނީ ކުރިން އޮތް އަދަދަށްވުރެވެސް އިތުރަށް މެންބަރުން ޕާޓީއަށް ވެއްދުމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން 21 ފެބުރުވަރީ 2023 ގެ ނިޔަލަށް އެޕާޓީގެ ދަފްތަރުގައި 57660 މެންބަރުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު