ރާއްޖޭގެ ސިޔާސީ މަައިދާނުގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެންމެ ޤާބިލް އެންމެ ހަރުދަނާ ލީޑަރަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުކަމަށާ، އެމަނިކުފާނަށްވުރެ ރަނގަޅު އެހެން އެއްވެސް ގޮތެއް ރާއްޖެއަކަށް މިވަގުތު ނެތްކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙުގެ ކެމްޕެއިންގައި އެމަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ ރައީސް ޞާލިޙަކީ ރާއްޖެއަށް ސިޔާސީ އިސްލާޙީ ބަދަލުތައް ގެނައުމަށް ފެށި މަސައްކަތުގެ އިސްސަފުން ފެނުނު އެންމެ ވަރުގަދަ އެއް ލީޑަރު ކަމަށެވެ. ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއާއި މަލްޓިޕާޓީ ނިޒާމެއް ގެނައުމަށް ރައީސް ގިނަގުނަ މަސައްކަތްތައް ކުރެއްވިކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ އިސްލާހީ މަސައްކަތުގައި ރައީސް މަސައްކަތް ކުރެއްވީ ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއި އެކުކަމަށެވެ.

މިވޭތުވެދިޔަ 8 އަހަރުދުވަހު ރައީސް ޞާލިހާއެކު މަސައްކަތް ކުރެއްވިކަމަށާ، އެމަނިކިފާނުގެ ކިބައިން ފެނުނީ ބާރު ސްޕީޑްގައި ރާއްޖެ ތަރައްޤީކުރައްވަން ކުރައްވާ މަސައްކަތްޕުޅާއި ރައްޔިތުންގެ ހައްޤުތައް އިސްކުރައްވާ މަންޒަރުކަމަށް އިމްރާން ވިދާޅުވިއެވެ.

ރާއްޖޭގެ މި ވޭތުވެދިޔަ މާޒީއަށް ބަލާއިރު ރައީސް ޞާލިޙުފިޔަވައި ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށް މިހާބޮޑު ސަމާލުކަމެއް ދެއްވައިގެން ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދެއްވަން މަސައްކަތްކުރެއްވި ވެރިޔަކު ނެތްކަމަށް އިމްރާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން