ރާއްޖޭގެ 5 ސަރަޙައްދެއްގައި އިތުރު 4000 ހައުސިން ޔުނިޓު އިމާރާތްކުރުމަށް އެމެރިކާގެ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.
މާލޭގެ އިތުރުން އަތޮޅުތަކުގެ އެންމެ އާބާދީބޮޑު އަދި ގޯތިގެދޮރުގެ ދަތިކަން ބޮޑު އިތުރު 4 ސަރަޙައްދެއްގައި ހައުސިންޔުނިޓު އަޅަންވަނީ ނިންމާފައެވެ. މިމަސައްކަތް ޙަވާލުކޮށްފައިވަނީ އެމެރިކާގެ ކުންފުންޏެއްކަމުގައިވާ ސްޓްރަކްޗަރސް އަންލިމިޓެޑާއެވެ.
މިއީ މިސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެދަށުން ކުރިޔަށްގެންދާ މަސައްކަތެކެވެ. އެމެރިކާގެ ކުންފުންޏަކާ މިމަސައްކަތް ޙަވާލުކުރީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިންނެވެ.
އެފްޑީސީން ބުނީ ސްޓްރަކްޗަރސް ކުންފުނިން މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ 4000 ހައުސިން ޔުނިޓުގެ މަސައްކަތް ޖުމުލަ 3 އަހަރުދުވަހުގެތެރޭގައި މުޅިން ނިންމަން ޖެހޭނެކަމަށެވެ. މިމަޝްރޫޢުގެ ދަށުން އަޅާ ހައުސިން ޔުނިޓުތަކުގެ ތެރެއިން، ލ. ގަމާއި ހދ. ކުޅުދުއްފުށީގައި މިއިން ކޮންމެ ރަށެއްގައި 1000 ހައުސިންގ ޔުނިޓު އެޅާނެއެވެ. އައްޑޫ ސިޓީގައި 750 ހައުސިންގ ޔުނިޓު، ގދ. ތިނަދޫގައި 500 ހައުސިންގ ޔުނިޓު އަޅާނެއެެވެ. ބާކީ 750 ހައުސިން ޔުނިޓު އަޅާނީ މާލޭގައެވެ.
މި 4000 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްފިޔާ އަންވަރެވެ. ސްޓްރަކްޗާސް އަންލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ކަރީމް ޖަމަލް އަބްދުއް-ސަލާމެވެ.

An EPC contract has been signed between FDC and Structures Unlimited LLC of USA for the development of 4000 social housing units in Atolls and in Malé region.https://t.co/uOmE93yWrB#FDC #BetterLivingBrighterFuture pic.twitter.com/qLcehVyLe4
— Fahi Dhiriulhun Corporation Limited (@Fdc_mv) August 31, 2023
މި 4000 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްފިޔާ އަންވަރެވެ. ސްޓްރަކްޗާސް އަންލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ކަރީމް ޖަމަލް އަބްދުއް-ސަލާމެވެ.
ކިޔުންތެރިންގެ ހިޔާލު