އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސްކަމުން އިސްތިޢުފާދެއްވި މަރިޔަމް ޝިއުނާ ޕެންޝަން އޮފީހުގެ ސީއޯއޯގެ މަޤާމަށް ޢައްޔަނު ކުރަށްވައިފިއެވެ.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަޤާމަށް ޝިއުނާ ޢައްޔަނު ކޮށްފައިވާއިރު، އޭސީސީގެ ރައީސްކަމުން ޝިއުނާ އިސްތިއުފާ ދެއްވާފައިވަނީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތައް ބެލުން ލަސްވެ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމާ ގުޅިގެންނެވެ.

ޝިއުނާގެ އިތުބާތު ނެތްކަމަށް އެމްޑީޕީން މަޖިލީހުގެ ތަޅުމަށް ހުށައަޅައި ވޯޓަށް އަހަން ތައްޔާރުވެފައިވަނިކޮށް 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހު ޝިއުނާ އެމަޤާމުން އިސްތިޢުފާ ދެއްވީ އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އެއްވެސް ހަގީގަތެއް ނެތް އަދި އަސާސެއް ނެތް ތުހުމަތުތަކެއްކަމަށް ވިދާޅުވުމަށް ފަހުއެވެ.

އޭސީސީގެ ރައީސްކަން ކުރެއްވުމުގެ ކުރިން ޝިއުނާ ވަނީ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން