ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރެއިން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒަށް ތާޢީދު ކުރަށްވަނީ މަދުބައެއްކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިމޭރުމުން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ތަމްސީލު ކުރަށްވާ ޢިލްމުވެރިންގެ ގުޅުމުގެ ވައިބަރ ގްރޫޕްގައި ނެގި ޚިޔާލުހޯދުމުގެ ވޯޓު ބޮޑު އަޣުލަބިއްޔަތަކުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެކަމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ، ދިވެހިރާއްޖޭގައި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީގެ ފަރާތުން 363 ޢިލްމުވެރިއަކަށް ދެއްވާފައިވާ ކަމަށެވެ. އޭގެތެރެއިން 105 ބޭފުޅަކު ބައިވެރިވެ ވަޑައިގެންނެވި ވޯޓެއްގެ 85 އިންސައްތަ ޑރ. މުޢިއްޒަށް ލިބިވަޑައިގަތުމަކީ ގިނަ ޢިލްމުވެރިންގެ ތާޢީދު ޑރ. މުޢިއްޒަށް ނެތުން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"105 ބޭފުޅަކު ބައިވެރިވެ ވަޑައިގެންނެވި ވޯޓެއްގެ 85 އިންސައްތަ ޑރ. މުޢިއްޒަށް ތާއީދުކުރެއްވުމުގެ މާނައަކީ ޢިލްމުވެރިންގެ ތެރެއިން އެބޭފުޅާ އަށް ތާއީދުކުރައްވަނީ މަދުބަޔެއްކަން." ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް އިތުރަށް ވިދާޅުވީ، ސެޕްޓެމްބަރ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އޭނާ ތާއީދުކުރަށްވާ ކެންޑިޑޭޓަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށެވެ.

"އަޅުގަޑު އެމަނިކްފާނަށް ތާއީދުކުރާ އިތުރު ސަބަބުތައް ވަރަށް އަވަހަށް ހާމަކުރާނަން،" ޑރ. އިޔާޒް ވިދާޅުވިއެވެ.



ރާއްޖޭގެ ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ތަމްސީލު ކުރަށްވާ ޢިލްމުވެރިންގެ ގުޅުމުގެ ވައިބަރ ގްރޫޕްގައި ޑރ. މުޢިއްޒު އާއި އެންމެ ކައިރިން ވާދަކުރެއްވި ޢުމަރު ނަސީރަށް ލިބިފައިވަނީ 9 ވޯޓެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިފައިވަނީ 5 ވޯޓެވެ.

މި ޕޯލަށް 105 ޢިލްމުވެރިން ވޯޓު ދެއްވާފައިވާއިރު، މިއީ ރާއްޖޭގައި ދީނީ ތަޢުލީމް ޙާސިލްކުރަށްވައިގެން ތިއްބެވި ޢިލްމުވެރިންގެ ތެރެއިން އިލްމުވެރިންގެ ޖަމިއްޔާގައި ހިމެނޭ ދީނީ އިލްމުވެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން