މި ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓް މިލްކު ކުރުމަށްޓަކައި ރިޔާސީ އިންތިޚާބުގައި ވޯޓު ދޭންވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ކަމަށް ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަޙުމަދު ދީދީ މިއަދު ވިދާޅުވީ، އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒަކީ މީގެ ކުރިންވެސް ރައްޔިތުންނަށް ދީފައިހުރި ގޯއްޗާއި ފްލެޓް އަތުލެއްވި ބޭފުޅެއް ކަމަށެވެ.

އެހެންކަމުން މި ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓް މިލްކު ކުރުމަށް ވޯޓު ދެއްވަންވީ ކެންޑިޑޭޓް ނަންބަރު ތިނަކަށް ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ޅެންބައިތަކުން މާރިޔާވަނީ ޑރ. މުޢިއްޒަށް ވޯޓު ނުދެއްވުމަށް އިރުޝާދު ދެއްވައި ޓްވީޓް ކުރަށްވާފައެވެ.

"ޕީއެންސީ މުޢިއްޒު އެސްއޯ ފުލުސް އަރުވައި ގޯއްޗާއި ފްލެޓް ކުރިން އަތުލި ގޮތަށް ގަދަކަމުން އަތުލުމުގެ ބިރު އެބައޮތް." މާރިޔާ ވިދާޅުވެފައިވެއެވެ.



ޑރ. މުޢިއްޒަށް ތަކުރާރުކޮށް ފާޑު ވިދާޅުވަމުން ގެންދަވާ މާރިޔާ ދާދިފަހުން ވިދާޅުވެފައިވަނީ ހައުސިންގ ވަޒީރު ކަމުގައި ހުންނަވައިގެންނާއި މާލޭގެ މޭޔަރު ކަމުގައި ހުންނަވައިގެން ޑރ. މުޢިއްޒު ހިންގެވި ޖަރީމާތައް މާލޭގެ ރައްޔިތުންނަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި އެކަމަނާ އެ ކަންކަމުގެ ވާހަކަ ދައްކަވަން ނުޖެހޭނެ ކަމަށާއި ރައްޔިތުންނަށް އެކަން ސާފުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މުޢިއްޒަކީ އެއްވެސް ވަރަކަށް ރައީސް ޞާލިޙަށް ޗެލެންޖެއް ނޫން ކަމަށާއި ނަމަވެސް މުޢިއްޒަކީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ހިންގެވި ކަންކަމުގައި ވާގިވެރިވެފައިވާ ބޭފުޅެއް ކަމުން މުޢިއްޒުގެ ވާހަކަ ނުދައްކާ ކުރިއަށް ދެވެން ނެތް ކަމަށް މާރިޔާ ދެކެވަޑައިގަނެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ރިޝް

06-Sep-2023

މިސަރުކާރުން ދިން ގޯތި ވަނީ ގޯތީގެ ހައްގު ވެރިންނައް ދީފަ ނަމަވެސް އަދިވެސް ފލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް ގެޒެޓް ނުކުރޭ ވޯޓުގެ ކުރިން ދާއިމީ ލިސްޓް. ނެރުމުން ނޫނީ ވޯޓް އެމްޑީޕީ އައް ދޭން އިނގޭނީ ކަމައް ބުނާ އެތައްބަޔަކު އެބަތިއްބެ އެވެ. އެހެންވެ މައުލޫމާތައްޓަކާ މިވާހަކަ ހިއްސާ ކޮއްލީއެވެ.



ޓްރެންޑިން