ރާއްޖޭގެ ސޯޝަލް މީޑިއާގައި އެންމެ ނުފޫޒުގަދަ އިންފުލުއެންޒާ ފާތިމަތު ޒަޔަން، (ކައިޒީން) އެމްޑީޕީއާ ގުޅިއްޖެއެވެ.

އިންސްޓަގްރާމްގައި 130،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބި ކައިޒީންއަކީ ގިނަ ދިވެހިންގެ ތެރޭގައި މަޤްބޫލު ފަރާތެކެވެ.

ކައިޒީން މިއަދު އެމްޑީޕީއާ ގުޅުމަށްފަހު އޭނާގެ މެމްބަރޝިޕް ފޯމު ޙަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އަތްޕުޅަށެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ޕާޓީތަކުން ދަނީ މެންބަރުން އިތުރުކޮށް އެ ޕާޓީތަކުގެ ތާޢީދު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްޑީޕީންވެސް ދަނީ އެޕާޓީގެ މެންބަރުން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހާއެކު އެމްޑީޕީގެ ދަފްތަރުން 39،000 ވަރަކަށް މެންބަރުން އުނިވެގެން ދިޔައެވެ. އެމްޑީޕީން މިހާރު އަމާޒު ހިފާފައިވަނީ ކުރިން އޮތް އަދަދަށްވުރެވެސް އިތުރަށް މެންބަރުން ޕާޓީއަށް ވެއްދުމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން 21 ފެބުރުވަރީ 2023 ގެ ނިޔަލަށް އެޕާޓީގެ ދަފްތަރުގައި 57660 މެންބަރުން އެބަތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން