މާލޭގައި މިއަދު އަލިފާނުގެ އިތުރު ޙާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން މިއަދު ބުނީ ޝީ ބިލްޑިންގ ޢިމާރާތުގެ ކައިރީގައި ހުރި މާފަންނު ހައުސް ޕްލާޒާގައި މިއަދު ހެނދުނު އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާ ކަމަށެވެ.

އެގޭގައި އެއްވެސް މީހަކު ދިރިނޫޅޭ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފައިވެއެވެ.

އަދި ރޯވެފައިވަނީ ގުދަނެއްގޮތަށް ހުރި ތަނެއްގައި ހުރި ކުނިތަކެއްގައި ކަމަށާއި، އަލިފާންގަނޑު ކޮންޓްރޯލްވީ ނަމަވެސް އެއްކޮށް ނިއްވާލެވިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން