އައްޑޫ މީދޫގެ ތަރައްޤީގެ އެންމެ ބޮޑު ޙިއްސާދާރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭންގައި ރައީސް ޞާލިޙް އައްޑޫ ސިޓީއަށް ވަޑައިގެންފައިވާއިރު ރޮޒައިނާ މިއަދު ވިދާޅުވީ، އައްޑޫ މީދޫގެ ތަރައްޤީގެ އެންމެ ބޮޑު ޙިއްސާދާރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށެވެ. އެގޮތުން ރައީސް އިބޫގެ ރިޔާސީ ދައުރުގައި އައްޑޫ މީދުއަށް ގެނެސްދީފައިވާ ތަރައްޤީ އަކީ އެރަށަށް އެހެން ރައީސުން ކޮށްދެއްވި މަސައްކަތާ ނުބައްލު ޚިދުމަތްތަކެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، ރައީސް އެރަށަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ސަބަބުން ރަށުގެ ރައްޔިތުން ތިބީ އުފަލުން ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކޮށްދިނުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއްވެސް ކޮށްދިނުމަށް ކަމަށެވެ.

"މީދޫ ރައްޔިތުން އެހެން ކެންޑިޑޭޓަކަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް." ރޮޒައިނާ ވިދާޅުވިއެވެ.



މީދޫގެ ކެމްޕޭން ޓީމްތަކާ ބައްދަލު ކުރަށްވައި ރައީސް މިއަދު ވަނީ، މީދޫން އެމްޑީޕީއަށްދޭ ތާއިދަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވެސް އެކަން ތަކުރާރު ކުރެއްވުމަށް ރައީސް އެދިވަޑައިގަތެވެ. އަދި ލާމަރުކަޒީ ނިޒާމް އިތުރަށް ފުރިހަމަކޮށް މީދު އާއި ހުޅުދު އަށް މާ އުފާވެރި، ދުވަސްތަކެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސް ޞާލިޙް އައްޑޫ ސިޓީއަށް ވަޑައިގެންފައިވާއިރު އައްޑޫ ހިތަދޫގައި މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން