މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފ. ނިލަންދޫއަށް ވަޑައިގަތުމުން އެ ރަށުން ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދަންނަވައިފިއެވެ.
ގިނަ ރަށްރަށެކޭ އެއްގޮތަށް ގިނަ އަދަދެއްގެ އާންމުން ވަނީ ނިލަންދޫންވެސް ބަނދަރު ސަރަހައްދަށް އެއްވެ ރައީސް ޞާލިޙަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ގިނަބަޔަކު ގޮވަމުން ދިޔައީ މާދަމާގެ ރިޔާސީ އިންތިޚާބު ރައީސް ޞާލިހު ކާމިޔާބުކުރައްވާނީ އެއްބުރުންކަމަށެވެ.
ކެމްޕެއިންގެ އެންމެފަހު ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނޭ ފ. އަތޮޅުގެ ދަތުރުފުޅުގައި ރައީސް މިއަދު ހެނދުނު ނިލަންދުއަށް ވަޑައިގެންނެވިއިރު އެރަށަށްފަހު ދެން ވަޑައިގަންނަވާނީ ބިލެތްދުއަށެވެ.
ރައީސް ޞާލިިހުގެ ސަރުކާރުގެ ނިމިގެން މިދާ ދައުރުގައި އަތޮޅުތަކުގެ ތަރައްޤީއަށް ގިނަޢަދަދެއްގެ މަޝްރޫޢުތައް ހިންގަވާފައިވެއެވެ. އެހެން އެއްވެސް ސަރުކާރަކުން އަތޮޅުތަކަށް ސަމާލުކަން ނުދޭ މިންވަރަށް ރައީސް ޞާލިޙު ވަނީ ސަމާލުކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު