ޕީޕީއެމްގެ ރިޔާސީ ކެމްޕޭން ނިންމުމުގެ ހިނގާލުން މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ޕީޕީއެމުން ބުނީ އެޕާޓީގެ ރިޔާސީ ކެމްޕޭން ނިންމުމަށް ބާއްވާ ހިނގާލުން މިއަދު ހަވީރު އޮންނާނެ ކަމަށެވެ. މިހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 3:45ގައި އާރޓްފިޝަލް ބީޗުންނެވެ.

މި ހިނގާލުމުގައި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއާއި، ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފްވެސް ބައިވެރިވާނެއެވެ. ޕީޕީއެމުން ބުނީ އަތޮޅުތެރޭގެ ރަށްތަކުގައިވެސް ކެމްޕޭން ނިންމުމަށް އެކި ހަރަކާތްތައް މިއަދު ހަވީރު ކުރިއަށް ގެންދާނެ ކަމަށެވެ.

ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ފުރުސަތު މިއަދު ހަވީރު 6:00 ގައި ހަމަވާނެއެވެ. ޤާނޫނުގައި ބުނާގޮތުން އޭގެ ފަހުން ކެމްޕޭން ޙަރަކާތްތައް ކުރިއަށް ގެންދިއުމަކީ ޤާނޫނީ ކުށެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން