ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވޯޓު ލައްވައިފިއެވެ.

ގާސިމް މިއަދު ވޯޓު ލައްވާފައިވަނީ ސޯޝަލް ސެންޓަރުގައި ބަހައްޓާފައި ހުރި މާފަންނު ހުޅަނގު-1 ފޮއްޓަށެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު 8 ޖަހާއިރު ފަށާފައިވާއިރު މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވެއެވެ.

އޭގެ ތެރޭގައި 138،196 އަންހެނުންނާ 144،199 ފިރިހެނަކު ހިމެނެއެވެ.

މި އިންތިޚާބުގައި ޖުމްލަ 8 ކެނޑިޑޭޓުން ވާދަކުރަށްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން