ރިޔާސީ އިންތިޚާބުގެ އެކި މައްސަލަތަކުގައި މިއަދު މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ރިޔާސީ އިންތިޚާބަށް ޚާއްސަކޮށް ދިވެހި ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން ބްލޫވޭވް" އޮޕަރޭޝަންގެ ދަށުން މިހާތަނަށް ޖުމްލަ ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ހައްޔަރު ކުރި ހަ މީހުންގެ ތެރެއިން 4 މީހަކު ދޫކޮށްފައިވާއިރު، ބަންދުގައި އަދިވެސް 2 މީހަކު ތިބި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ނަމަވެސް އެމީހުން ހައްޔަރުކޮށްފައިވަނީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އީސީން މިއަދު ބުނީ އިންތިޚާބީ މަރުކަޒުތަކުން ތަފާތު މައްސަލަތައް ހުށަހަޅަމުންދާ ކަމަށެވެ. އެގޮތުން، އެ ކޮމިޝަންގެ ކޮމްޕެއިންޓްސް ބިއުރޯއަށް 14 މައްސަލައެއް މިހާތަނަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ވޯޓްލާ މަރުކަޒު ތެރޭގައި ފޮޓޯ ނެގުމުގެ ޝަކުވާ ހިމެނޭ ކަމަށް އީސީން ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު 8 ޖެހިއިރު ފަށާފައިވާއިރު މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން