މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ތާއީދު ކުރަށްވާ ކެންޑިޑޭޓެއް ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެންވޯއި އިލްހާމް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ޤާސިމް އިބްރާހީމަށް ލިބިވަޑައިގަތީ ފަސްހާސް ވޯޓާއެކު އިންތިޚާބުގެ ފަސްވަނައެވެ. އެކަމާ ގުޅިގެން އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ވޯޓް ދެއްވި އެންމެހައި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

އިލްހާމް ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ހޮވުނު ދެ ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދެވަނަ ބުރު ކާމިޔާބު ކުރަށްވާނީ ޤާސިމް ތާޢީދު ކުރަށްވާ ކެންޑިޑޭޓެއް ކަމަށް އިލްހާމް ވިދާޅުވިއެވެ.

“މިރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އޮނަރަބްލް ޤާސިމް އިބްރާހީމް ތާއީދު ކުރައްވާ ކެންޑިޑޭޓެއް.” ޤާސިމް ވިދާޅުވެފައިވެއެވެ.

އިލްހާމް ވިދާޅުވީ ވަގުތާއި ހާލަތުގެ ގޮތުން ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް ބަލައި ވަރަށް އަވަހަށް ޤާސިމް ނިންމަވާ ނިންމެވުން ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.



ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް އިންތިހާބުގައި ލިބިވަޑައިގަތީ 5،460 ވޯޓެވެ. މިއީ 22،000 އަށްވުރެ ގިނަ މެންބަރުން ތިބި ޖޭޕީއަށް ރިޔާސީ އިންތިޚާބެއްގައި މިފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރުވެސް މެއެވެ.

މި އިންތިޚާބުގައި ތިންވަނަ ހޯއްދެވީ ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އަދި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އިލްޔާސް އަށް 15،835 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން