ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްވެސް ދައުވަތު ދެއްވާފައިވާކަމަށް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވި އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިސް މިއަދު ވިދާޅުވީ ކޯލިޝަން ހެދުމަށް ރައީސް ޞާލިޙާއި، ޑރ. މުއިއްޒުގެ ފަރާތުންވެސް ހުށަހަޅުއްވާފައިވާކަމަށެވެ.

އެހެން ނަމަވެސް އެއްވެސް ބޭފުޅާއެކު އެކުގައި ކުރިއަށް ދިއުމާމެދު އަދި ވަކިގޮތަކަށް ނުނިންމަވާ ކަމަށާއި، އޭނާގެ މެނިފެސްޓޯގައިވާ ކަންތައްތައް ތަންފީޒު ކުރެވޭނެ ގޮތްތަކާމެދު ހުރިހާ ފަރާތްތަކާއެކުވެސް މަޝްވަރާ ކުރަށްވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފާރިސް ވަނީ 3000 ވޯޓު ހޯއްދަވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

އިންތިޚާބުގެ ދެވަނަބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން