މާލޭ މީހުންނަށް ސަރުކާރުން ދޫކުރި ގޯތިތައް އަނބުރާ އަތުލަން ނުކުންނަ ހިސާބުން މައްސަލަ ގޯސްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ މާލޭ ސިޓީން ރައީސް ޞާލިޙްގެ މައްޗަށް އިދިކޮޅު ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ކުރި ހޯއްދަވާފައިވާއިރު ރީކޯ މޫސަ މިއަދު ވިދާޅުވީ މާލޭ މީހުނަށް ލިބުނުގޯއްޗަކީ މާލޭމީހުނަށް ޙައްޤުވާ އެއްޗެއް ކަމަށެވެ.

އެހެންކަމުން އެގޯތިތައް އަތުލުމަށް އެއްވެސް ބަޔަކު ނިކުމެއްޖެނަމަ މައްސަލަ ގޯސްވާނެ ކަމަށް ރީކޯ މޫސަ މިއަދު ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އެއްވެސް ސަރުކާރަކަށް މީގެ ކުރިން މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޙައްލު ހޯދައިދެވިފައި ނުވާ ކަމަށެވެ.

“އެއްވެސް ސަރުކާރަކަށް ނުކެރުނު ކަމެއް މިސަރުކާރުން ކުރީމަ ބަޔަކު ކިތައްމެ ވަރަކަށް އެކަމުގެ ރުޅި ބޭލިއަސް މަލަމާތް ކުރިއަސް ވަރިހަމަ.” މޫސަ ވިދާޅުވިއެވެ.

ރިޔާސީ ކެމްޕޭން ބައްދަލުވުން ތަކުފައި ތަކުރާރުކޮށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ‏މި ސަރުކާރުން ދިން ގޯތިތައް ދިންތަނަކުން ދީ، އެ ގޯތިތަކުގައި އިމާރާތްވެސް ކޮށްދޭނެ ކަމަށެވެ.

ސަރުކާރުން މާލޭ ސަރަޙައްދުން ގިނަ ޢަދަދެއްގެ ގޯތިތަކެއް ދޫކޮށްފައިވީ ނަމަވެސް އިންތިޚާބުގައި މާލޭ ސިޓީން ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 13700 ވޯޓެވެ. އަދި އިދިކޮޅު ކެންޑިޑޭޓު ޑރ. މުޢިއްޒު ވަނީ 17100 ވޯޓު ހޯއްދަވާފައިވެއެވެ.

ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން 5000 ގޯތި، ގުޅިފަޅުން 2200 އަށްވުރެ ގިނަ ގޯތި އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން 1300 އަށްވުރެ ގިނަ ގޯތި ވަނީ ދީފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވި 19639 މީހުންނަށް މިސަރުކާރުން ދޫކުރި ގޯތި ލިބުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން