އެމްޑީޕީގެ މަޖިލީސް މެންބަރުންތަކެއް އިދިކޮޅު ޕީޕީއެމްއަށް ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކަށް އަވަސް އަވަހަށް ބަދަލު އައި ނަމަވެސް މިވަގުތު ކޮމިޓީތައް އެކުލަވާލުމަކީ މުހިންމުކަމެއް ކަމަށެވެ. އެގޮތުން ޑިމޮކްރެޓްސްއާ ގުޅުމަށް އެމްޑީޕީން ވަކިވި ހުރިހާ މެންބަރުން ޑިމޮކްރެޓްސްއާ ގުޅުނުކަން މަޖިލީހަށް އަންގަވާފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މެންބަރުންގެ މައްޗަށް ހިމެނޭ ޕާލަމެންޓަރީ ގްރޫޕެއް ހެދުމަށް އަދި ވަގުތުކޮޅެއް ނަގާނެ ކަމަށެވެ. ހަމައެއާއެކު އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އިދިކޮޅު ޕީޕީއެމްއަށް ބަދަލުވެވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ އެތައް މެންބަރުންނެއް ޕީޕީއެމަށް ބަދަލުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް،" ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ މިހާރު މަޖިލީހުގެ ދަފްތަރުގައި ތިއްބެވީ އެމްޑީޕީގެ 53 މެންބަރުންނާއި ޕީޕީއެމްގެ 5 މެންބަރުންނާއި އެމްއެންޕީގެ 3 މެންބަރުންނާއި ދަ ދިމޮކްރެޓްސްގެ 3 މެންބަރުންނާއި އެމްޑީއޭގެ 2 މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ 2 މެންބަރުންގެ އިތުރުން، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ 16 މެންބަރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން