އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސައިން ޒާމިރު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަޤާމުން އިސްތިޢުފާ ދެއްވައި ޒާމިރު މިއަދު ވިދާޅުވީ، ރައްޔިތުން އެމީހުންގެ އަޑު އިއްވައިފި ކަމަށާއި، އެހެންކަމުން މިއީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ދާން ޖެހޭ ވަގުތު ކަމަށެވެ.

ޒާމިރު އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވި އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ލިބިވަޑައިގެންފައިވަނީ 5،460 ވޯޓެވެ.

ޖޭޕީން ބުނެފައިވަނީ، ގައުމުގެ މަސްލަހަތަށްޓަކައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދޭތެރޭ އެ ޕާޓީން ނިންމާ ގޮތެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން