ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހޮވައިފިއެވެ.

ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފައްދަވާފައިވާ ޑިމޮކްރެޓުންގެ ޕީޖީ ގްރޫޕުގެ އިސް މަގާމުތަކަށް މެންބަރުން އައްޔަންކުރުމަށް މިއަދު ވަނީ އިންތިހާބު ބާއްވާފައެވެ. އެގޮތުން މި ވޯޓުގައި ރައްޔިތުންގެ މަޖިލީހުގެ 11 މެންބަރުން ބައިވެރިވެފައިވެއެވެ. އާޒިމް މީގެ ކުރިންވަނީ އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަޤާމުވެސް އަދާކުރަށްވާފައެވެ.

މިއަދު ކުރިއަށްދިޔަ ޑިމޮކްރެޓުންގެ ޕީޖީ އިންތިޚާބުގައި ނައިބު ލީޑަރުންގެ ގޮތުގައި ހޮވާފައިވަނީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރާއި، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދެވެ. ޕީޖީގެ ގްރޫޕުގެ އަމީންއާންމުގެ ގޮތުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިންތިޚާބު ކޮށްފައިވާއިރު، ވިޕުގެ މަގާމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވަނީ އިންތިޚާބު ކޮށްފައެވެ.

މިދިޔަ ޖެނުއަރީ 28، ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު އުފެދުނު ހިތްހަމަ ނުޖެހުންތަކަށްފަހު ރައީސް ނަޝީދަށް ތާޢީދު ކުރަށްވާ ފަރާތްތަކުން 'ދަ ޑިމޮކްރެޓްސް' ރަޖިސްޓްރީ ކޮށްފައިވަނީ 2023 ޖުލައި 12 ވަނަ ދުވަހުއެވެ.

ޑިމޮކްރެޓްސްގެ ވަގުތީ ޗެެއާޕާސަނަކީ އެޕާޓީގެ މުއައްސިސު، އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓުން ވާދަކޮށްފައިވާއިރު، ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އަދި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް 15،835 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އެއާއެކު ޑިމޮކްރެޓުން ގޮސްފައިވަނީ އިންތިޚާބުގެ 3 ވަނަ އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން