ރާއްޖޭގައި އެހެން ޤައުމެއްގެ ސިފައިންނަށް މި ސަރުކާރުން ޖާގަނުދޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ސޯސަން ޖަގަހައިގައި ރޭ ބޭއްވި ރައީސް ޞާލިޙްގެ "އަމާން ދިވެހިރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރީކޯ މޫސަ ވިދާޅުވީ، މި ރާއްޖޭގައި އިންޑިއާ ސިފައިންވެސް އަދި އެހެން ޤައުމެއްގެ ސިފައިންނަށްވެސް މި ސަރުކާރުން ޖާގަދީފައި ނުވާކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިންނެއް ނެތް ކަމަށާއި ވޯޓު ހޯދަން ދައްކާނެ އެއަށްވުރެ ތާހިރު ވާހަކަ ހުންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

ހަމައެއާއެކު ދުނިޔޭގެ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ރާއްޖެއިންވެސް ބޭރުގެ ގައުމުތަކާ ގުޅިގެން މަސައްކަތްކުރާނެކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ. އޭގެއިތުރުން ތަނަކުން ފޮއްޓެއް ހިފައިގެން ސިފައިންގެ މީހަކު އަރާ ކޮންމެ ފަހަރަކު ގައުމުގެ އިސްތިގުލާލު ގެއްލިގެންނެއް ނުދާނެ ކަމަށްވެސް މޫސަ ވަނީ ވިދާޅުވެފައެވެ.

މޫސަ ވިދާޅުވީ ގައުމުގެ މިނިވަންކަމުގެ ވާހަކަ ނުދެއްކިޔަސް، ރިޔާސީ އިންތިޚާބުގައި ވޯޓު ހޯދަން ދެއްކޭނެ ވާހަކަ ހުންނާނެ ކަމަށާއި، ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނާމާންކަން އުފައްދައިގެން ނުވާނެކަމަށެވެ.

"ވޯޓު ހޯދަން ދައްކަން ހުންނާނެ އެއަށްވުރެ ތާހިރު ވާހަކަ. މީހުންގެ ބުއްދި ފަސްވާ ވާހަކަ މިގޮތަށް ދެއްކީމަ ބައެއް މީހުންނަށް އެބަ އޮޅުން ވެސް އަރާ." މޫސާ މަނިކު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ނަތީޖާއަށް އަލިއަޅުއްވާ ލައްވަމުން މޫސަ އިތުރަށް ވިދާޅުވީ މި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލެނީއޭ ކިޔައިގެން ދައްކާ ވާހަކައިގައި މާލޭގެ ރައްޔިތުން ޖެހުމަކީވެސް ވަރަށް ދެރަވާކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން