ޕީޕީއެމް ކޯލިޝަންގެ ބޮޑު ޖަލްސާއެއް މިރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭން ކުރިއަށްގެންދާ ޕީޕީއެމް ކޯލިޝަނުން ބުނެފައިވަނީ މިރޭގެ ޖަލްސާ އޮންނާނީ މިރޭ އާޓިފިޝަލް ބީޗުގައި ކަމަށެވެ. އަދި މިއަދު ހަވީރު އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޢިއްޒު ފޭސްދޭއްގެ ބަސް ސްޓޮޮޕް އެކެއްގެ ކައިރިން ހުޅުމާލޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާކަމަށް އެ ކޯލިޝަނުން ހާމަކޮށްފައިވެއެވެ.

މިރޭ މާލޭގައި ބާއްވާ ޖަލްސާގައި ޑރ. މުއިއްޒަށް ތާއީދުކޮށް ސިޔާސީ ގޮތުން މަޤްބޫލް ބައެއް ފަރާތްތައް އިދިކޮޅުގެ ކެމްޕޭނާ ގުޅުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭން ޙަރަކާތްތައް ބާރަށް ކުރިއަށް ދާއިރު ޑރ. މުޢިއްޒު އިއްޔެ ވަނީ 11 ރަށެއްގައި ކެމްޕޭން ޙަރަކާތްތައް ކުރިއަށް ގެންދަވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން