ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިއްތިހާދުވުމަށް ޖޭޕީގެ ލީޑަރާއެކު ދެ ދުވަހު މަޝްވަރާ ކުރެއްވުމަށްފަހު ރައީސް ޞާލިޙް މިއަދު މާލެ ވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސަން އައިލެންޑް ރިސޯޓުގައި މިދިޔަ ބުދަ ދުވަހުން ފެށިގެން ރަސްމީ މަޝްވަރާތައް ރައީސް ޞާލިޙާއި ޖޭޕީގެ ލީޑަރ ޤާސިމް ވަނީ ކުރިއަށް ގެންދަވާފައެވެ. ނަމަވެސް މަޝްވަރާތަކުގައި ލިބުނު ކުރިއެރުން އެއްވެސް ފަރާތަކުން ހާމަކުރަށްވާފައެއް ނުވެއެވެ.

ރައީސް މާލެ ވަޑައިގެންނެވި ނަމަވެސް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަދިވެސް ތިއްބެވީ ސަން އައިލެންޑުގަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ފުރަތަމަބުރުން ކާމިޔާބުކުރެއްވޭ އަދަދަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިފައެއް ނުވެއެވެ. އެހެންކަމުން އިންތިޚާބުގައި އެންމެ ކުރީގައި އުޅުއްވާ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް ޞާލިޙް ގެންދަވަނީ އިންތިޚާބުގައި ވާދަކުރެއްވި އެހެން ކެންޑިޑޭޓުންގެ ތާޢީދު ހޯއްދެވުމަށް މަސައްކަތް ކުރަށްވަމުންނެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 5،545 ވޯޓާ އެކު ޤާސިމަށް ލިބިޑައިގެންފައި ވަނީ ފަސް ވަނަ އެވެ. މިއީ 22،000 އަށްވުރެ ގިނަ މެންބަރުން ތިބި ޖޭޕީއަށް ރިޔާސީ އިންތިޚާބެއްގައި މިފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރުވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން