އަހުމަދު ޝާހް   16 ސެޕްޓެމްބަރު 2023 - 15:35
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތެއް ނިންމުމަށް ބާއްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލް ބައްދަލުވުން މިއަދު އޮންނާނެއެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުން ބާއްވަން ނިންމާފައިވަނީ މިއަދު މެންދުރު 01:00 ގައެވެ.

މި ބައްދަލުވުމުގައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީގެ ފަރާތުން އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކޮށް ގޮތެއް ނިންމާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 5 ވަނައަށް ގޮސްފައިވާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމުގެ ތާއީދު ހޯއްދެވުމަށް ޓަކައި އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެމްޑީޕީން އަންނަނީ މަސައްކަތް ކުރަމުން ނެވެ.

ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ލިބިވަޑައިގެންނެވީ 5460 ވޯޓާއެކު 2.47 ޕަސެންޓެވެ.

އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ ސެޕްޓެމްބަރ 30 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން