ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓާ ވުމަށް 9،000 އަށް ވުރެ ގިނަ ފޯމް ހުށަހަޅައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓަރ ވުމަށް އިއްޔެ 9،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 7،000 އަށް ވުރެ ގިނަ ފޯމް ލިބިފައިވަނީ އޮންލައިންކޮށް ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.
ޙަބީބް ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓާ ކުރުމަށް ގިނަ އަދަދެއްގެ ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމަށް އީސީގެ ފޯނު ނަންބަރަކުން، ފޯމު ހުށަހަޅާ ފަރާތްތަކަށް ގުޅާނެ ކަމަށެވެ.
އަދި ސައްހަނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
“އިލެކްޝަންސް ކޮމިޝަނުން އެދެނީ، އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް.” އީސީން ބުނެފައިވެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރީރަޖިސްޓަރ ވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާގެ މެންދުރުފަހު 3:00އެވެ.

ކިޔުންތެރިންގެ ހިޔާލު