ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ބޮޑު ތިލަދުންމައްޗަށް ފުރާވަޑައިގެންފިއެވެ.

ޑރ. މުއިއްޒުގެ މިދަތުރުފުޅުގައި ހއ، ހދ، އަދި ށ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޑރ. މުޢިއްޒުގެ އަރިހުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިސްބޭފުޅުންނާއި އެމްއެންޕީގެ ލީޑަރ ކާނަލް މުޙައްމަދު ނާޒިމްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 101494 ވޯޓާއެކު އެއްވަނަ ހޯއްދެވީ ޑރ. މުއިއްޒު އެވެ. ދެވަނައަށް ދިޔަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 86166 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން