ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ފޮނުއްވައިފިއެވެ.

ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ޤާސިމް މިއަދު ވިދާޅުވީ މީގެ 450 އަހަރުކުރިން އުތީމު ބޮޑުތަކުރުފާނު ފޯޗުގީޒުންގެ އަޅުވެތިކަމުން، ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ސަލާމަތްކޮށް، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި ކަމަށެވެ.

ހަމައެއާއެކު ދިވެހީންގެ މި ބިން މިނިވަންކަންމަތީ އަބަދުމެ ލެހެއްޓެވުން އެދި ދުޢާދަންނަވާކަމަށް ޤާސިމް ދިވެހި ރައްޔިތުންނަށް ފޮނުއްވި މެސެޖުގައި ވެއެވެ.

ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ މައްޗަށް ދިވެހި އަބުތާލުން ހޯދި ކާމިޔާބީގެ ޒިކުރާ އާކުރުމަށް ފާހަގަކުރާ ދުވަހެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ 1ވަނަ ދުވަހެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމެވެ.

ޤައުމީ ދުވަހުގެ ގޮތުގައި ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަސް ފާހަގަކުރައްވަން ފެށްޓެވީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މި ދުވަސް ފުރަތަމަ ފާހަގަކުރެވުނީ 1 ރަބީޢުލްއައްވަލް 1365 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން