މި މަހުގެ 30ވަނަ ދުވަހު އޮންނަ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ 2ވަނަ ބުރުގައި ވޯޓުލުމަށް 25000 އަށްވުރެ ގިނަ މީހުން 2 ދުވަހުގެތެރޭގައި އަލުން ރަޖިސްޓްރީވުމަށް ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިބުރުގައި އަލުން ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ދެ ދުވަހުގެ ތެރޭގައި ޖުމްލަ 25،493 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި ހުކުރު ދުވަހު ހުށަހެޅި 9،206 ފޯމާއި ހޮނިހިރު ދުވަހު ހުށަހެޅި 16،287 ފޯމު ހިމެނެއެވެ. އަލުން ރަޖިސްޓްރީވުމަށް މިބުރުގައި ހުށަހެޅި ފޯމުތަކުގެ ތެރެއިން 18،349 ފޯމު ހުށަހަޅާފައިވަނީ އޮންލައިންކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އަލުން ރަޖިސްޓްރީވުމަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 10،271 މީހުން މިހާރުވަނީ ރަޖިސްޓްރީ ކުރެވިފައެވެ. އަދި އެކި ސަބަބުތަކާހުރެ 1546 ފޯމު ރިޖެކްޓް ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ފޯމުތައް ރިޖެކްޓުކުރަންޖެހެނީ އޭގައި ހިމަނަންޖެހޭ ކޮންމެވެސް މަޢުލޫމާތެއް މަދުވުންފަދަ ކަންކަން ދިމާވެގެންނެވެ.
ދެވަނަ ބުރުގައި ރީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. ހުކުރު ދުވަހުގެ މެންދުރު 3:00 އިން ފެށިގެން މިއަދު ހަވީރު 4:00 އާ ހަމައަށް މިފުރުސަތުވަނީ ހުޅުވާލާފައެވެ.
ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ވޯޓުލުން އޮންނާނީ 2023 ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހުއެވެ. އަށް ކެންޑިޑޭޓުން ވާދަކުރެއްވި މިފަހަރުގެ ރިޔާސީ އިންތިޚާބުން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނަ ވޯޓް ލިބިފައެއް ނުވެއެވެ. އެހެންކަމުން، އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރަށްވާނީ އިންތިހާބުގެ ފުރަތަމަ ބުރުގައި 46.08 އިންސައްތަ ވޯޓު ލިބިވަޑައިގަތް ޑރ. މުޙައްމަދު މުޢިއްޒުއާއި 39 އިންސައްތަ ވޯޓު ލިބިވަޑައިގަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ.

ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ރީ-ރެޖިސްޓްރޭޝަން، ފުރަތަމަ ދުވަހު 9206 މީހުން ރީ-ރަޖިސްޓަރީ ކުރަން ފޯމު ހުށަހެޅިއިރު، ދެވަނަ ދުވަހު 16287 ރީ-ރަޖިސްޓަރީ ކުރަން ފޯމު ހުށަހަޅާފައިވޭ. މިހާތަނަށް ޖުމްލަ 25493 ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވޭ.
— Ismail Habeeb (@IsmailHabeeb) September 17, 2023
އޮންލައިންކޮށް ފުރަތަމަ ދުވަހު… pic.twitter.com/kVVTpPweC2
ދެވަނަ ބުރުގައި ރީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. ހުކުރު ދުވަހުގެ މެންދުރު 3:00 އިން ފެށިގެން މިއަދު ހަވީރު 4:00 އާ ހަމައަށް މިފުރުސަތުވަނީ ހުޅުވާލާފައެވެ.
ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ވޯޓުލުން އޮންނާނީ 2023 ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހުއެވެ. އަށް ކެންޑިޑޭޓުން ވާދަކުރެއްވި މިފަހަރުގެ ރިޔާސީ އިންތިޚާބުން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނަ ވޯޓް ލިބިފައެއް ނުވެއެވެ. އެހެންކަމުން، އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރަށްވާނީ އިންތިހާބުގެ ފުރަތަމަ ބުރުގައި 46.08 އިންސައްތަ ވޯޓު ލިބިވަޑައިގަތް ޑރ. މުޙައްމަދު މުޢިއްޒުއާއި 39 އިންސައްތަ ވޯޓު ލިބިވަޑައިގަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ.
ކިޔުންތެރިންގެ ހިޔާލު