ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރިރެޖިސްޓަރ ކުރުމަށް ދެ ދުވަސް ތެރޭގައި 25000 މީހުން ހުށައެޅުމަކީ ސުވާލު އުފެދޭ ކަމެއްކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް އިން އެންމެފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު އިންތިޚާބުގެ ދެވަނަބުރުގައި ވޯޓުލުމަށް ދެ ދުވަސް ތެރޭގައި 25493 މީހުން ރީރެޖިސްޓްރީ ކުރަން ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 18349 މީހުން ރިރެޖިސްޓަރ ކުރަން ހުށަހެޅީ އޮންލައިންކޮށެވެ.
އެކަމާ ގުޅިގެން ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ހުރިހާ ސިޔާސީ ޕާޓީތަކުންނާއި, ބޭރުގެ އޮބްޒާވަރުނާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުން މިކަން ވަރަށް ސީރިއަސްްކޮށް ބަލަންޖެހޭ ކަމަށެވެ.
“ދެ ދުވަސް ތެރޭގައި 25000 މީހުން ރިރެޖިސްޓަރ ކޮށްފާނެ ކަމާ މެދު ސުވާލު އުފެދޭ.” ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަލުން ރަޖިސްޓްރީވުމަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 10،271 މީހުން މިހާރުވަނީ ރަޖިސްޓްރީ ކުރެވިފައި ކަމަށެވެ. އަދި އެކި ސަބަބުތަކާހުރެ 1546 ފޯމު ރިޖެކްޓް ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ފޯމުތައް ރިޖެކްޓުކުރަންޖެހެނީ އޭގައި ހިމަނަންޖެހޭ ކޮންމެވެސް މަޢުލޫމާތެއް މަދުވުންފަދަ ކަންކަން ދިމާވެގެންނެވެ.
ދެވަނަ ބުރުގައި ރީ ރަޖިސްޓްރީވުމަށް ހުކުރު ދުވަހުގެ މެންދުރު 3:00 އިން ފެށިގެން މިއަދު ހަވީރު 4:00 އާ ހަމައަށް އީސީން ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު