މިއަދު މެންދުރު އެކެއް ޖަހާއިރު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް އަބްދުالله ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް 25000 މީހުން ރީރެޖިސްޓަރ ކުރުމަށް ހުށައަޅާފައިވާތީ އަދުރޭ ވިދާޅުވީ އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި ދެދުވަހުގެ ތެރޭގައި އެހާގިނަ ޢަދަދެއްގެ މީހުން ރީރެޖިސްޓަރ ކުރުމަށް ހުށައަޅާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ހުރިހާ ބޭފުޅުންވެސް އެހެން ހުރިހާ ކަމެއް ހުއްޓާފައި މިވަގުތު އުޅެންވީ ރީރެޖިސްޓްރޭޝަންގެ މައްސަލަ ޙައްލުކުރުމަށް ކަމަށެވެ. އެގޮތުން ޝަކުވާ ހުށައަޅަން ލިބޭ 48 ގަޑިއިރު އެކަމަށް ހުރިހާ ރަށަކުންވެސް ސަމާލުކަން ދިނުމަށް އަދުރޭ ގޮވާލެއްވިއެވެ.

“ލާހިކެއް ނޫން މި އިންތިހާބު ވަގަށް ނަގާކަށް. ލީޑަރުންނަށް އެކަނި ދޫކޮށްނުލާ. ހުރިހާ މެންބަރުން ވަޑައިގަންނަވާ.” އަދުރޭ ގޮވާލެއްވިއެވެ.

އަދުރޭ ވިދާޅުވީ މިއަދު އިދިކޮޅު ކޯލިޝަނުން އީސީން ނުކުންނާނީ ރީރަޖިސްޓްރޭޝަން މައްސަލަ ކޮޅެއްގައި ޖައްސައި ހައްލުކޮށްފައި ކަމަށެވެ. އަދި ސަރުކާރުން އުޅެނީ އިންތިހާބު ވަގަށް ނަގަން ކަމަށާއި އެ ފުރުސަތު ނުދެއްވާނެ ކަމަށްވެސް އަދުރޭ ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

ދެވަނަ ބުރުގައި ރީ ރަޖިސްޓްރީވުމަށް ހުކުރު ދުވަހުގެ މެންދުރު 3:00 އިން ފެށިގެން މިއަދު ހަވީރު 4:00 އާ ހަމައަށް އީސީން ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން