ދަ ޑިމޮކްރެޓްސްގެ މުސްތަގުބަލް ގައުމުގެ މުސްތަގުބަލަށް ވުރެ މުހިންމުކަމަށް ދުށީތީ ހިތާމަކުރަައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން ތާޢީދުކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމާ ގުޅޭގޮތުން އެޕާޓީން ރޭ ބޭއްވި ބައްދަލުވުމުގައި ދެކެވުނު ބައެއް ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. އުގޮތުން ޑިމޮކްރެޓުންގެ އިސް ހަރަކާތްތެރިޔާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ވާހަކަތަކަށް ރޮޒޭނާ ވަނީ ރައްދުދެއްވާފައެވެ.
ރޮޒޭނާ ވިދާޅުވީ އެއްވެސް ސިޔާސީޕާޓީއަކަށް ސިޔާސީ މަސައްކަތް ކުރެވޭނީ ފުރަތަމަ ގައުމު ސަލާމަތްކޮށްގެން ކަމަށެވެ. އަދި އަނިޔާވެރިކަމާ ބިރުވެރިކަމުގެ ތެރެއަށް ގައުމު ގަންބާލުން އޯކޭ ކަމަށް އިންތި ވިދާޅުވުމަކީ ހިތާމަވެރިކަމެއްކަމަށް ރޮޒޭނާ ވިދާޅުވެފައިވެއެވެ.
ދަ ޑިމޮކްރެޓްސްގެ ރޭގެ ޖަލްސާގައި އިމްތިޔާޒް ފަހުމީ ވިދާޅުވީ އެއް ޖުމުލަޔަކުން ނުވަތަ އެއް ލަފުޒަކުން، ބޭއިންސާފު ބޭވަފާތެރިކަން، ނާއިންސާފު، އަނިޔާވެރިކަން، ޙީލަތްތެރިކަން ސިފަކޮށްދޭނަމަ އެއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށެވެ. އަދި އެއީ އެމްޑީޕީގެ މިއަދުގެ ލީޑަރޝިޕްކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
މިއީ ވިސްނަންޖެހޭ ކަމެއްކަމަށާ، ދަ ޑިމޮކްރެޓްސްގެ މުސްތަޤުބަލަށްޓަކައި އެމްޑީޕީގެ ވެރިކަން ވެއްޓެންޖެހޭކަމަށް އިމްތިޔާޒްވަނީ ވިދާޅުވެފައިވެއެވެ. އަދި އެކަމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބަލިކުރުމަށް އޭނާ ހުންނެވީ ހިތުނިޔަތްގަނެގެންކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެމްޑީޕީ އޭގެ އަސްލަށް ރުޖޫޢަވާނީވެސް އޭރުންކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
މިމަހުގެ 30ވަނަ ދުވަހު އޮންނަ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެމްޑީޕީއަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށައަޅާ ގޮތްތަކެއް ހިމެނޭ ގަރާރެއް އެ ޕާޓީގެ ކައުންސިލަށް ހުށަހަޅައި އެ ގަރާރާއެއްގޮތަށް ކުރިއަށްދާން ރޭ ވަނީ ފާސްކޮށްފައެވެ.
ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުގެ ބައްދަލުވުމުގައި އެގަރާރު ހުށައެޅީ އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒެވެ. އެ ގަރާރުގައި ބުނެފައިވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން 28 ސެޕްޓެމްބަރުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެމްޑީޕީން އެއްބަސްވާނަމަ، އެ ޕާޓީއާއެކު މަޝްވަރާ ކުރުމަށެވެ. އަދި ޕީޕީއެމާއެކު ސަރުކާރު އުފެއްދުމަށް ބައިވެރިވާނެ މިންވަރާއި ޑިމޮކްރެޓްސްގެ ސިޔާސަތުތައް ބަޔާން ކުރެވޭ މިންވަރު 20 ސެޕްޓެމްބަރުގެ ކުރިން އެ ޕާޓީން ސޮއިކޮށް އެއްބަސްވާ ނަމަ އެ ޕާޓީއާއެކުގައި މަސައްކަތް ކުރުމަށް ގަރާރުގައިވެއެވެެ.
އެ ޝަރުތުތަކަށް އެއްވެސް ޕާޓީއަކުން އެއްބަސްނުވާ ނަމަ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ވެސް ޝިފާޒް ހުށަހެޅުއްވި ގަރާރުގައި ވަނީ ބުނެފައެވެ.
އެ ގަރާރަށް ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުގެ ބައްދަލުވުމުގައި މެމްބަރުން ވަރަށް ފުޅާދާއިރައެއްގައި ބަހުސްކޮށް އެގަރާރާއެއްގޮތަށް ކުރިއަށްދާން ރޭ ވަނީ ފާސްކޮށްފައެވެ. މިގަރާރު ފާސްވީ 50 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ދަ ޑިމޮކްރެޓްސްގެ މުސްތަގުބަލް ގައުމުގެ މުސްތަގުބަލަށް ވުރެން މުހިންމުކަމަށް ދެކުނީތީ ހިތާމަކުރަން.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna)
އެއްވެސް ސިޔާސީޕާޓީއަކަށް ސިޔާސީ މަސައްކަތް ކުރެވޭނީ ފުރަތަމަ ގައުމު ސަލާމަތްކޮއްގެން. އަނިޔާވެރިކަމާ ބިރުވެރިކަމުގެ ތެރެއަށް ގައުމު ގަންބާލުން އޯކޭ ކަމަށް އިންތިބުނީމަ ހިތާމަވެރި https://t.co/c85f5HTJMq
href="https://twitter.com/Roxeyna/status/1703862458488857003?ref_src=twsrc%5Etfw">September 18, 2023
ދަ ޑިމޮކްރެޓްސްގެ ރޭގެ ޖަލްސާގައި އިމްތިޔާޒް ފަހުމީ ވިދާޅުވީ އެއް ޖުމުލަޔަކުން ނުވަތަ އެއް ލަފުޒަކުން، ބޭއިންސާފު ބޭވަފާތެރިކަން، ނާއިންސާފު، އަނިޔާވެރިކަން، ޙީލަތްތެރިކަން ސިފަކޮށްދޭނަމަ އެއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށެވެ. އަދި އެއީ އެމްޑީޕީގެ މިއަދުގެ ލީޑަރޝިޕްކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
މިއީ ވިސްނަންޖެހޭ ކަމެއްކަމަށާ، ދަ ޑިމޮކްރެޓްސްގެ މުސްތަޤުބަލަށްޓަކައި އެމްޑީޕީގެ ވެރިކަން ވެއްޓެންޖެހޭކަމަށް އިމްތިޔާޒްވަނީ ވިދާޅުވެފައިވެއެވެ. އަދި އެކަމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބަލިކުރުމަށް އޭނާ ހުންނެވީ ހިތުނިޔަތްގަނެގެންކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެމްޑީޕީ އޭގެ އަސްލަށް ރުޖޫޢަވާނީވެސް އޭރުންކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
މިމަހުގެ 30ވަނަ ދުވަހު އޮންނަ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެމްޑީޕީއަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށައަޅާ ގޮތްތަކެއް ހިމެނޭ ގަރާރެއް އެ ޕާޓީގެ ކައުންސިލަށް ހުށަހަޅައި އެ ގަރާރާއެއްގޮތަށް ކުރިއަށްދާން ރޭ ވަނީ ފާސްކޮށްފައެވެ.
ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުގެ ބައްދަލުވުމުގައި އެގަރާރު ހުށައެޅީ އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒެވެ. އެ ގަރާރުގައި ބުނެފައިވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން 28 ސެޕްޓެމްބަރުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެމްޑީޕީން އެއްބަސްވާނަމަ، އެ ޕާޓީއާއެކު މަޝްވަރާ ކުރުމަށެވެ. އަދި ޕީޕީއެމާއެކު ސަރުކާރު އުފެއްދުމަށް ބައިވެރިވާނެ މިންވަރާއި ޑިމޮކްރެޓްސްގެ ސިޔާސަތުތައް ބަޔާން ކުރެވޭ މިންވަރު 20 ސެޕްޓެމްބަރުގެ ކުރިން އެ ޕާޓީން ސޮއިކޮށް އެއްބަސްވާ ނަމަ އެ ޕާޓީއާއެކުގައި މަސައްކަތް ކުރުމަށް ގަރާރުގައިވެއެވެެ.
އެ ޝަރުތުތަކަށް އެއްވެސް ޕާޓީއަކުން އެއްބަސްނުވާ ނަމަ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ވެސް ޝިފާޒް ހުށަހެޅުއްވި ގަރާރުގައި ވަނީ ބުނެފައެވެ.
އެ ގަރާރަށް ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުގެ ބައްދަލުވުމުގައި މެމްބަރުން ވަރަށް ފުޅާދާއިރައެއްގައި ބަހުސްކޮށް އެގަރާރާއެއްގޮތަށް ކުރިއަށްދާން ރޭ ވަނީ ފާސްކޮށްފައެވެ. މިގަރާރު ފާސްވީ 50 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ކިޔުންތެރިންގެ ހިޔާލު