ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދު ކުރަށްވަން ނިންމަވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެބޭފުޅުން ރޭގެ ވަގުތެއްގައިވަނީ މުލިއާގޭގައި ރައީސް ޞާލިހާ ބައްދަލުކުރަށްވާފައެވެ. އަދި އެބޭފުޅުންގެ އެންޑޯޒްމަންޓް މިއަދު ރަސްމީކޮށް އިޢޫލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިތުބާރުހުރި މަސްދަރަކުން ކަށަވަރުކޮށްދީފައިވާގޮތުގައި ރައީސް ޞާލިޙަށް ތާޢީދު ކުރަށްވަން ނިންމެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދާއި، ކުރީގެ މަޖިލީސް މެންބަރުން ކަމަށްވާ އިލްހާމް އަޙްމަދާއި، އަބްދުﷲ އަޙްމަދާއި، ރިޔާޒް ރަޝީދު ހިމެނިވަޑައިގަންނަވައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 5 ވަނައަށް ގޮސްފައިވާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމުގެ ތާއީދު ހޯއްދެވުމަށް ޓަކައި އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެމްޑީޕީން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ޖޭޕީން ނިންމާފައިވަނީ ރަސްމީކޮށް އެޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރުމަށެވެ. ނަމަވެސް މެންބަރުންނަށް ބޭނުން ކޭންޑިޑޭޓަކަށް ތާޢީދު ކުރުމުގެ ފުރުސަތު އެޕާޓީން ވަނީ ދީފައެވެ.

ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ލިބިވަޑައިގެންނެވީ 5460 ވޯޓާއެކު 2.47 ޕަސެންޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން