ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ މުޅި މަޖިލީހުގެ ކޮމެޓީ ކުރިއަށް ގެންދަން ބޭނުންވާ ވަރަށް މެމްބަރުން ހަމަ ނުވާތީ ޖަލްސާ މެދުކަނޑާލައިފި އެވެ.

މުޅި މަޖިލީހުގެ ކޮމިޓީ ކުރިއަށް ގެންދިއުމަށް 29 މެންބަރުންގެ ކޯރަމް ބޭނުންވީ ނަމަވެސް މަޖިލީސް ފެށިއިރު ޙާޟިރުވެ ތިއްބެވީ 18 މެންބަރުންނެވެ. އެހެން ކަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، މެންބަރުން ޖަލްސާއަށް ޙާޟިރުވުމާމެދު ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރަށްވަމުން ގެންދަވާ ކަމަށެވެ.

އެހެންކަމުން ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ މިހާރު މަޖިލީސް ވަނީ މެދުކަނޑާލައިފަ އެވެ.

މުޅި މަޖިލީހުގެ ކޮމިޓީއަށް މިއަދު ތާވަލުކޮށްފައިވަނީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ޢާއްމު ވޯޓު ނަގަން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ހުށަހެޅުއްވި ގަރާރުގެ މަސައްކަތެވެ.

އިލްޔާސްގެ ޤަރާރު ފާސްކޮށްފައި ވަނީ މަޖިލީހުގައި އިއްޔެ ތިއްބެވި މެމްބަރުންގެ އިއްތިފާޤުންނެވެ. އެއީ 35 މެމްބަރުންގެ ވޯޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން