ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭޕާކް ރެސިޑެންސްގެ މަސައްކަތް ކުރަމުންދާ ހަމްބޯ ކުންފުނިން އެޕާޓްމަންޓް ގަނެފައިވާ ކަމަށް ބުނާ ބައެއް ފަރާތްތައް ވެސް އެކުންފުނީގެ މައިނޯރިޓީ ހިއްސާދާރު އަދި ހަމްބޯ ސްކޭމްގެ މޭސްތިރިޔާ ހަސަން މަމްދޫހާއި އެކު ސްކޭމްގައި ބައިވެރިވެފައިވާ ކަމަށް ހަމްބޯ ކުންފުނިން ބުނެފި އެވެ.

ހަމްބޯ ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެޕާޓްމެންޓް ގަތް ކަމަށް ބުނާ މަމްދޫހާއި އާދަޔާ ހިލާފަށް ގާތް ގުޅުންތަކެއް ބާއްވަމުން ދިޔަ ބައެއް ފަރާތްތަކުން އެޕާޓްމެންޓް ގަތުމަށް މަމްދޫހާއި އެކު މުއާމަލާތްކޮށްފައި ވަނީ ސީދާ ނަގުދު ފައިސާއިން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެކަށީގެން ނުވާ ބޮޑެތި އަދަދުތަކުން މި މުއާމަލާތް ކޮށްފައިވާ އިރު، މިކަމުގައި މަނީލޯޑަރިންނާއި ރިޝްވަތުގެ މުއާމަލާތް ހިމެނޭ ކަމަށް ވެސް އެކުންފުނިން ބުނެފައި ވެއެވެ.

އެކުންފުނީގެ ބަޔާންގައި އިތުރަށް ބުނެފައި ވަނީ މިފަރާާތްތަކަށް މަމްދޫހް ފައިސާ ބަލައިގަތް ކަމަށް ބުނެ ހަސަން މަމްދޫހް ދީފައިވާ ރަސީދެއް ފިޔަވައިި އެހާ ގިނަ އަދަދެއްގެ ފައިސާ ނެގި އެކައުންޓެއްގެ ސްޓޭޓްމެންޓެއް ވެސް ދެއްކިފައިނުވާ ކަމަށެވެ. އަދި މަމްދޫހާއި އެކު މި ނުބައި ޖަރީމާ ހިންގުމުގައި ބައިވެރިވެ، ފައިސާ ދެއްކުމެއް ނެތި ފޯޖް އެގްރީމެންޓާއި ފޯޖް ރަސީދު ހަދާފައިވާ ފަރާތްތައް ވެސް ގެންދަނީ އެ ވަގު އެގްރީމެންޓްތަކާއި ރަސީދުތަކަކީ ސައްހަ އެއްޗެހި ކަމަށް ހެދުމަށް ފިއްތުން ކުރިމަތި ކުރުވާ، މަޖުބޫރު ކުރަމުންނެވެ.

ހަމްބޯ ކުންފުނިން ބުނީ މަމްދޫހާއި ގާތް ގުޅުމެއް އޮތް، ނަގުދުން މުއާމަލާތް ކުރިކަމަށް ބުނާ ބައެއް ފަރާތްތަކުން އެ މުއާމަލާތާއި ބެހޭ އެއްވެސް މައުލޫމާތެއް އެކުންފުންޏާއި ހިއްސާ ކުރުމަށް ވެސް ދެކޮޅު ހަދަމުންދާ ކަމަށެވެ.

އެޑަރވަރކަސީ ޗެމްބާސްއިން ފުލުހުންނަށް ހުށަހެޅި މައްސަލައި ގައި ބުނެފައި ވަނީ ކޭޕާރކް އެޕާރޓްމެންޓް ކޮމްޕްލެކްސް އާއި ގުޅިގެން މިހާރު ވެސް އާއްމުންގެ ގިނަ ބަޔަކާއި އެކު އެއްބަސްވުންތަކެއް ހަދައި އެފަރާތްތަކުގެ އަތުން ގިނަ އަދަދެއްގެ ފައިސާ މިހާރު ވެސް އެފަރާތްތަކުގެ އަތުން އެކުންފުނިން ނަނގާފައިވާ އިރު އެފަރާތްތަކަށް ބިރު ދައްކައިގެން މަކަރާއި ހީލަތުން އެފަރާތްތަކުން އިތުރަށް ފައިސާ ހޯދުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޭޕާކް މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭއެވެ.

ކޭޕާކުގެ މަސައްކަތްކުރާ މައި ކުންފުނިން ބުނެފައިވަނީ މަކަރާއި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކައި، އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓް ހުޅުވާފައިވާއިރު ކުންފުނީގެ އެމްޑީއަށް ނޭނގި އޭނާގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދި ކަމަށް ބުނެފައިވެއެވެ.

މަހުޖަނެއްގެ ގޮތުގައި ދިވެހިންގެ ތެރޭގައި ކުއްލިޔަކަށް މަޝްހޫރުވި މަންޑޭ ފަހަކަށްއައިސް އުޅެފައިވަނީ މުއްސަދި ދިރިއުޅުމެކެވެ. މަމްދޫހްގެ އެކުވެރިއަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނެފައިވަނީ އެޕާޓްމެންޓްތައް ވިއްކައި މިބޮޑު ޖަރީމާ ހިންގުމަށް މަމްދޫހަށް އެހީތެރިވެދިން ފަރާތްތައް ފައިސާ ދައްކައިގެން އެޕާޓްމެންޓްތައް ގަތްކަމަށް ޑޮކިމެންޓް ހަދައި ހިލޭ އެޕާޓްމެންޓްތަކާއި ގަރާޖްތައް ދީފައިވާ ކަމަށެވެ. އަދި އެފަރާތްތަކަށް ގިނަ އަދަދަކަށް ފައިސާ ދީފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ.

މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން