އަހުމަދު އިބްރާހިމް   23 ސެޕްޓެމްބަރު 2023 - 12:41
އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން, ޚާއްސަކޮށް އަންހެން މުވައްޒަފުން ކުރާ އިޚްލާސްތެރި ބުރަ މަސައްކަތް ފާހަގަކުރައްވައި އެކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ތައުރީފް ކުރައްވައި ޝުކުރުއަދާކުރައްވައިފިއެވެ.

ހަބީބު ވިދާޅުވީ އެކޮމިޝަނުގެ މުވައްޒަފުންނަނީ ހުނަރުވެރި އިޚްލާޞްތެރި ތެދުވެރި ނަޒާޙަތްތެރި ބައެއްކަމަށެވެ. ޚާއްޞަ ގޮތެއްގައި، ސީނިއަރ ސްޓާފުންގެ ގޮތުގައި ހިމެނޭ، 60 އިންސައްތަ މުވައްޒަފުންނަކީ އަންހެނުންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެ މުވައްޒަފުންނާއި، އެނޫން ވަޒީފާތަކުގައިވެސް މަސައްކަތް ކުރައްވާ އަންހެން މުވައްޒަފުންގެ ދައުރަކީ، އެފަދަ ދެވަނައެއްނުވާ ދައުރެއްކަމަށް ހަބީބު ވިދާޅުވިއެވެ.

އެކޮމިޝަނުގެ މަސައްކަތުގެ ފެންވަރާއި މިންވަރު އަދި މަސައްކަތަށް ދެއްވާ ވަގުތުގެގޮތުން ބަލާއިރުވެސް އަންހެން މުވައްޒަފުންނަކީ ތަޢުރީފު ޙައްޤު ބައެއްކަމަށް ވިދާޅުވެ ހަބީބު ވަނީ އެމުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.



އިންތިޚާބުތަކުގެ ދުވަސްވަރަކީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތް ބުރަ ދުވަސްވަރެކެވެ. ޚާއްސަކޮށް ކޮންމެ 5 އަހަރުން އެއްއަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ އެކޮމިޝަނުން ވަރަށްބޮޑަށް ތައްޔާރުވާ އިންތިޚާބެކެވެ. ކޮމިޝަނުގެ ދާއިމީ މުވައްޒަފުންގެ އިތުރުން ވަގުތީ އެތައް މުވައްޒަފުންނެއް ނަގައިގެން ގިނަމަސައްކަތްތަކެއް ކުރެއެވެ. އިންތިޚާބުތަކާ ގުޅިގެން އެކޮމިޝަނުން ކުރާ ގިނަ މަސައްކަތްތަކުގައި އަންހެން މުވައްޒަފުން ފެންނަލެއް ގިނައެވެ.

ކޮމިޝަނުގެ އެންމެބޮޑު އަމާޒަކީ އިންތިޚާބުތަކަކީ ދެފުށްފެންނަ އިންސާފުވެރި އިންތިޚާބުތަކަށް ހެދުމެވެ. އަދި އިންތިޚާބުރަކުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ވޯޓުލާމީހުންގެ ހައްޤުތައް ފުރިހަމަކުރެވިފައިވާ ފުރިހަމަ އިންތިޚާބުތަކެއް ބޭއްވުމަށް ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާއި އިންތިޒާމުތައް ހަމަޖައްސަވާފައިވާ ގޮތާމެދު ރާއްޖެއިން ބޭރުން މި އިންތިޚާބު އޮބްޒާވްކުރަން އައި ވަފުދުތަކުންވެސް ވަނީ ތައުރީފްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން