އަހުމަދު އިބްރާހިމް   23 ސެޕްޓެމްބަރު 2023 - 14:5
އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު އެޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް ފާޓީގެ ނަމުގައި އައު ޕާޓީއެއް އުފައްދައި އެންމެބޮޑަށް ސަރުކަރަށާއި ރައިސް ޞާލިޙަށް ފާޑުވިދާޅުވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲގެ ބައްޕަ ޢަބްދުﷲ މުޙައްމަދު ރައީސް ޞާލިޙަށް ތާޢީދުކުރަށްވަން ނިންމަވައި އެމްޑީޕީގެ ކެމްޕެއިނާ ގުޅިވަޑައިގެންފިއެވެ.

ޅ. ހިންނަވަރު، ދޭލިޔާގެ އަބްދުالله މުހައްމަދު (ދޭލިޔާ)އަކީ ޚާއްޞަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރީގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެނގިފައިވާ ގޮތުގައި ދޭލިޔާއަކީ އެމްޑީޕީގެ އެތެރޭގެ ކޯޅުންތަކަށްފަހު ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދި ސިޔާސީ ޕާޓީގެ މެމްބަރެކެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޭނާ ހުންނެވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބާއެކުއެވެ.

އިންތިޚާބުގެ ދެވަނަބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދުނުކުރަން ޑިމޮކްރެޓްސްއިން ވަނީ ރަސްމީކޮށް ނިންމާފައެވެ. އެހެންނަވެސް އެޕާޓީގެ ޢާންމު މެމްބަރުންގެ ތެރެއިން ބަޔަކު އިދިކޮޅު ކެންޑިޑޭޓު ޑރ. މުޢިއްޒަށްވެސް ތާޢީދުކުރެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ޑިމޮކްރެޓްސްގެ ގިނަ ޢާންމު މެމްބަރުން ތާޢީދުކުރަނީ ރައީސް ޞާލިޙަށެވެ. ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން އަލުން ޢިޢާދަވާން ބޭނުންނުވާކަމަށް އެމެމްބަރުން ބުނެއެވެ. ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަކީ ޕީޕީއެމް/ޕީއެންސީއަށް އަލުން ބާރުތައް ލިބި އަނިޔާވެރިކަން އިއާދަވާނެ ކަމެއްކަމަށް އެމީހުން ޤަބޫލުކުރެއެވެ.

އިވާގެ ބައްޕަ ދޭލިޔާވެސް ޤަބޫލުކުރައްވަނީ މިގޮތްކަމަށް މަޢުލޫމާތުލިބެއެވެ. އޭނާވަނީ ރައީސް ޞާލިޙުގެ ކެމްޕެއިނާ ރަސްމީކޮށް ގުޅިވަޑައިގެން މަސައްކަތްކުރައްވަން ފައްޓަވާފައެވެ. އެގޮތުން ވ. އަތޮޅަށް ވަޑައިގެން، އެ އަތޮޅުގެ ބައެއް ރަށްތަކުގައި ކުރިއަށްދިޔަ ކެމްޕެއިން ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ކަމަށް އެނގިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން