ކުރީގެ އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހީމަށް މީހަކު މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި އެވެ.
ނިޔާޒަކީ އޮޑިޓާ ޖެނަރަލްގެ މަގާމުގައި ހުންނަވައިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އޮޑިޓް ރިޕޯޓް އާންމުކުރެއްވި ފަރާތެވެ. އޭގެފަހުން އެދުވަސްވަރު ޕީޕީއެމުން ކޮންޓްރޯލް ކުރަމުން ދިޔަ ރައްޔިތުންގެ މަޖިލީހުން ވަނީ އާ އޮޑިޓާ ޖެނަރަލަކު އައްޔަންކުރަން ޖެހޭގޮތަށް އޮޑިޓް ގާނޫނު އިސްލާހުކޮށް ކުއްލި ގޮތަކަށް ނިޔާޒަށް މަގާމު ގެއްލުވާލާފަ އެވެ.
މީސްމީޑިއާ މެދުވެރި ކުރަށްވައި ނިޔާޒް މިއަދު ޢާއްމުކުރެއްވި މެސެޖެއްގައި ވިދާޅުވީ މާލޭ މަގުމަތިން ދިމާވި މީހަކު އޭނާއަށް އިންޒާރުދީ ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ފޮޓޯވެސް ނިޔާޒް ވަނީ ޢާއްމު ކުރަށްވާފައެވެ.
ނިޔާޒް ވިދާޅުވީ، މިހާރުވެސް ޕީޕީއެމްގެ އަސްލު ސިފަ މިދަނީ ފެންނަމުން ކަމަށާއި، އަދި އެޕާޓީއަށް ވެރިކަން ލިބިއްޖެނަމަ ކަންތައްތައް ހުންނާނެ ގޮތް އޮތީ އަންދާޒާ ކޮށްލުން ކަމަށެވެ.
ނިޔާޒުގެ ތުހުމަތަށްފަހު، ނިޔާޒަށް ފުރައްސާރަ ކުރި ކަމަށް ބުނާ މީހާވެސް ވަނީ ނިޔާޒުގެ ފަހަތުން ވީޑިއޯ ކުރަމުން ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުކޮށްފަ އެވެ.

Dhaadhi dhemme alhugandu bank ah dhiya magumatheega thireegaivaa foto in fenna boadhigukohffa in gundaa vanee magumathin dhimaakoh furassaarakoh inzaarudhee hadhaafa. Mhaarussurre PPM ge aslu sifa midhanee fennamun. Verikan libijjiyya kanthah that hunnane goiy andhaazaa kollavva. pic.twitter.com/Hui9Uop5AZ
— Niyaz Ibrahim (@niyaz_ibrahim) September 25, 2023
ނިޔާޒުގެ ތުހުމަތަށްފަހު، ނިޔާޒަށް ފުރައްސާރަ ކުރި ކަމަށް ބުނާ މީހާވެސް ވަނީ ނިޔާޒުގެ ފަހަތުން ވީޑިއޯ ކުރަމުން ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުކޮށްފަ އެވެ.
ކިޔުންތެރިންގެ ހިޔާލު