ހޮނިހިރުދުވަހު އޮންނަ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގެ އެންމެފަހުގެ ބައެއް ހަރަކާތްތައް ކުރިއަށްގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޑޫސިޓީއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު އައްޑޫސިޓީއަށް ވަޑައިގެންނެވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގެ ތެރެއިން މިއަދު އައްޑޫސިޓީގައި ޙަރަކާތްތެރިވާ އެމްޑީޕީގެ ކެމްޕޭން ޓީމުތަކާއި ބައްދަލުކުރެއްވައްވައި ޙަރަކާތްތަައް ކުރިއަށްދާގޮތް އޮޅުންފިއްލުވުމަށް ރައީސް ވަނީ ނިންމާފައެވެ. މީގެ އިތުރުން އައްޑޫސިޓީގެ ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމާއި ތާޢީދު އިތުރުކުރެއްވުމަށް ބައެއް މަސައްކަތްތައް ކުރައްވަން ހަމަޖެހިފައިވެއެވެ.
އައްޑޫ ސިޓީގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ދެކުނުން ފުވައްމުލަކު ސިޓީ އާއި ގދ. ތިނަދޫއަށް ވެސް ރައީސް ވަޑައިގަންނަވާނެއެވެ.
އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ރައީސް ޞާލިޙު ބޮޑަށް އިސްކަންދެއްވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ސީދާ އެމީހުންނާ ވާހަކަފުޅު ދެއްކެވުމަށެވެ. އެގޮތުން މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި ޑޯޓުޑޯ ޙަރަކާތްތައް ހިންގަވާފައިވެއެވެ. ބައެއް ގޭގެއަށް ޚުދު އެމަނިކުފާނު ވަޑައިގެން ކެމްޕެއިން ކުރެއްވިއިރު އަނެއްބައި ގޭގެއަށް ކެމްޕެއިން ޓީމުތަކުން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު