އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒަކީ މިހާރުވެސް މާލޭގެ މޭޔަރުކަމަށާ، މާލޭގެ މޭޔަރަކަށް ހުންނަވައިގެން މާލޭގެ ރައްޔިތުންގެ ފައިދާއަށް އެއްވެސްކަމެއް ނުކުރެއްވުނު ބޭފުޅަކަށް ވެރިކަމުގައި ވަކި ކުރެއްވޭނީ ކޮންކަމެއްތޯ ސުވާލު އުފައްދަވައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާމަނިކު ޑރ. މުޢިއްޒަށް ރޭ ފާޑުވިދާޅުވެއްޖެއެވެ.
2018ގެ ކެމްޕޭންގައި ރައީސް ޔާމިނަށް ތާއީދުކޮށް އެމަނިކުފާނު ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި ރީކޯ މޫސަ މިހެންވިދާޅުވެ ޑރ. މުޢިއްޒަށް ފާޑު ވިދާޅުވީ ރޭ މާލޭގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުޢިއްްޒުގެ މޭޔަރުކަމުގައި މާލޭގައި ހުރި މައްސަލަތައް ހަލުކުރައްވަން ކުރެވުނުކަމެއް ނެތްކަމަށް ވިދާޅުވެ މޫސަ ވަނީ ބައެއް މައްސަލަތައް ފާހަގަކުރައްވާފައެވެ. އެގޮތުން މާލޭގެ މަގުތަކުގައި ބޮއްސުންލާފައިވާ ޕާކިންގެ މައްސަލަ އޭނާ ފާހަގަކުރެއްވިއެވެ. ޕާކިން މައްސަލައަށް ހައްލެއް ނާންނަކަމަށާ، އޭގެސަބަހުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑު ތަކްލީފެއް އުފުލަންޖެހޭކަން މޫސަ ފާހަގަކުރެއްވިއެވެ.
އަދި މާލޭގެ މަގުތައް ރަނގަޅަށް ބަލަހައްޓައި މަރާމާތުކުރުމުގެ މަސައްކަތްތައްވެސް އެކަށީގެންވާ ގޮތެއްގައި ނުހިނގާކަން މޫސަ ފާހަގަކުރެއްވިއެވެ. އޭގެސަބަބުން މަގުތަކުގައި އަޑިގުޑަންތައް އުފެދި ހިނގާމީހުންނަށާއި ދުއްވާތަކެއްޗަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވެފައިވާކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މަލޭގައި މިފަދަ އެތައް މައްސަލައެއް އޮތްއިރު މުޢިއްޒުގެ މޭޔަރުކަމުގައި މިއިން އެއްވެސްކަމަކަށް ޙައްލެއް ގެނެސްދެވިފައި ނެތްކަމަށެވެ. އެހެންކަމުން އެފަދަ ބޭފުޅަކަށް ރާއްޖޭގެ ވެރިކަން ހަވާލުކުރުމުން ކުރެވޭނީ ވަކި ކޮން ކަމެއްތޯ މޫސަ ސުވާލުއުފެއްދެވިއެވެ.
މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކެމްޕެއިން ކުރުމުގައި ދައްކަމުންދަނީ މުޅިންވެސް ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތައް ކަމަށެވެ. އެގޮތުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭކަމަށްބުނެ ދޮގު ހަދާ އޮޅުވާލައިގެން ވެރިކަން ހޯދުމަށް މަސައްކަތްކުރާކަމަށް މޫސަ ވިދާޅުވިއެވެ. އިންޑިއާއިން ރާއްޖޭގެ މިނިވަންކަމަށް އަރައިގެންފައިވާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު