އެމްޑީޕީން މިފަހަރު ރާއްޖޭގެ އިންތިޚާބުތަކުގެ ތާރީޚް ބަދަލުކޮށްލާނެ ކަމަށް ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭންގައި އައްޑޫ ސިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، އެމްޑީޕީން މި މަހުގެ 30 ވަނަ ދުވަހު ރާއްޖޭގެ އިންތިޚާބުތަކުގެ ތާރީޚް ބަދަލުކޮށްލާނެ ކަމަށެވެ.

ޝާހިދު މިއަދު ވިދާޅުވީ، އެމްޑީޕީން މަސައްކަތްކުރަމުންދަނީ މި މަހުގެ 30 ވަނަ ދުވަހު އައްޑޫގެ ތަރައްގީ ޔަގީންކުރުމަށް ކަމަށެވެ. ހަމައެއާއެކު އެކި ސަރުކާރުތަކުން އައްޑޫއަށް ވެފައިވާ އިހުމާލުތައް އައްޑޫ ރައްޔިތުން ހަނދާން ހުންނާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިދިކޮޅު ޕީޕީއެމްގެ ވެރިކަމުގައި އައްޑޫގެ ތަރައްޤީއަށް ކޮށްދިން އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުތަކުންވާނީ ތަފާތު ދައްކައިދީފައި ކަަމަށާއި އައްޑޫގައި ކުރެވެމުންދާ މަސައްކަތްތައްވެސް ފެންނަކަން ޝާހިދު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން އައްޑޫގައި ޕޮލިސް ޓްރެއިނިންގް ސެންޓަރެއް އެޅުމުން ޕީޕީއެމުން ދެއްކީ ފިތުނައިގެ ވާހަކަތައް ކަމަށާއި، އެކި ސަރުކާރުތަކުން އައްޑޫ ތަރައްގީ ނުކޮށް ބާކީ ކޮށްލާފައި އޮތްކަންވެސް ހަނދާނުގައި ބެހެއްޓުމަށް ޝާހިދު އިލްތިމާސް ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން