ކީރިތި ރަސޫލާގެ ސުންނަތާއި ސިޔަރަތުން އެންމެހާ މުސްލިމުން ޢިބުރަތް ޙާސިލްކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ކީރިތި ރަސޫލާގެ ޢީދު މީލާދުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހުއެވެ. ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ، ރަސޫލާ ޞ.ޢ.ވ އަކީ މި އުންމަތަށް ލެއްވި ވަރަށް ބޮޑު ނިޢުމަތެއް ކަމަށެވެ.
"އެކަލޭގެފާނުގެ ޒިކުރާ އާކޮށް، ސުންނަތާއި ސިޔަރަތުން ޢިބުރަތް ލިބިގަންނަމާތޯ!" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ރަސޫލާގެ އީދު މީލާދު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖަައްސާފައެވެ. އަދި އެދުވަހާއި ގުޅޭގޮތުން ރައީސުލްޖުމުހޫރިއްޔާ ޚިތާބު ދެއްވައި ރަސްމީ ޖަލްސާ ވެސް ބާއްވައެވެ.

Maaiyvegenvaa Keerithi Rasoola Muhammed ﷺ akee mi ummathah levvi varah bodu niumatheh. Mifaahaga kurevey Keerithi Rasoola ge eid-milad dhuvahu e kaleygefaanuge zikura aakoh saunnathai siyarathun ibraiy libigannamaatho
— Mohamed Nasheed (@MohamedNasheed) September 27, 2023
ރާއްޖޭގައި ރަސޫލާގެ އީދު މީލާދު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖަައްސާފައެވެ. އަދި އެދުވަހާއި ގުޅޭގޮތުން ރައީސުލްޖުމުހޫރިއްޔާ ޚިތާބު ދެއްވައި ރަސްމީ ޖަލްސާ ވެސް ބާއްވައެވެ.
ކިޔުންތެރިންގެ ހިޔާލު