އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާ ވަޢުދުތަކުގެ އަމާޒެއް ނެތްކަމަށާ، ދައްކަވަމުންދާ ނަނާ ހުވަފެނުގައި ނުޖެހުމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ގޮވާލައްވައިފިއެވެ.

ސަނީފް މިހެން ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ތިނަދޫ ސިޓީގައި ރޭ އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ސަނީފް ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސިޔާސަތުތަކަކީ އަނިޔާވެރިކަން ކަމަށެވެ. އެއަނިޔާވެރިކަމާ ދެކޮޅަށް އެތައްބަޔަކު ނުކުމެ ކުރި ބުރަ މަސައްކަތުން 2018ވަނަ އަހަރުގެ ޕީޕީއެމްގެ ވެރިކަން ބަދަލުކުރީ އެފަދަ ސިޔާސަތުތަކެއް ރައްޔިތުން ނޭދޭތީކަމަށެވެ.

މިއަދުވެސް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ހުންނެވި ޑރ.މުޙައްމަދު މުއިއްޒުގެ ކިބައިން އަނިޔާވެރިކަމުގެ ސިޔާސަތު ނޫން އެއްޗެއް ނުފެންނަކަމަށާ، ދެންވެވަޑައިގަންނަވާ ވަޢުދުތަކަކީ އެއްވެސް އަމާޒެއް ނެތި ވެވަޑައިގަންނަވާ ހުސް ވަޢުދުތަކެއްކަމަށެވެ.

އެެކަން އެނގިވަޑައިގަނަވާ ކަމަކީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ތިނަދުއަށް އަމާޒުކޮށް މާބޮޑުކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުނުވާކަމަށާ، ކުއްލިއަކަށް ދެވަނަބުރުގެ ކެމްޕެއިންގައި ވަޢުދުތައް ވެވަޑައިގަންނަވަނީ އިޚްލާސްތެރިކަމެއް ނެތި ހަމައެކަނި ރައްޔިތުންގެ ހިތްހަމަޖައްސައި ދެއްވުމުގެ ގޮތުންކަމަށްވެސް ސަނީފް ވިދާޅުވިއެވެ. އެހެންކަމުން ޑރ.މުޢިއްޒުގެ ނަނާ ހުވަފެނުގައި ނުޖެހި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓުދެއްވުމަށް ސަނީފް ގޮވާލެއްވިއެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މިއަދުގެ ސަރުކާރަކީ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއްވި އަދި އިތުރުކަންކަން ކޮށްދެއްވަމުން އަންނަ އޯގާތެރި ޚިދުމަތްތެރި ސަރުކާރެއް ކަމަށެވެ.

އެހެންކަމުން މިސަރުކާރު ބަދަލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭންޖެހެނީ ތިނަދުއާއި މުޅި ރާއްޖެއަށް ބޭނުންވާ ޒަމާނީ ތަރައްޤީ ގެނައުމަށްކަމަށާ، އެކަން ކުރުމަކީ ކޮންމެހެން ލާޒިމްކަމެއްކަމަށް ސަނީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން