އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ވެރިކަމެއް އައިސްފިނަމަ ރާއްޖެ ހިންގަން ނިންމާފައި އޮތީ އެޓޯލްސް މިނިސްޓްރީއެއްގެ ދަށުންކަމަށާ، އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ރާއްޖޭގައި ލާމަރުކަޒީ ނިޒާމެއް ނޯންނާނެކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ، ޕީޕީއެމް/ ޕީއެންސީގެ ސަރުކާރެއް އުފެދިއްޖެނަމަ ރާއްޖޭގެ މުޅި ދައުލަތުގެ ނިޒާމު ޚަރާބުކޮށްލާނެ ކަމަށެވެ. މާޒީގައިވެސް ފެނުނީ އެވެރިކަމުގައި އެގޮތަށް ކަންކަން ވެގެންދިޔަ މަންޒަރުކަމަށް އިމްރާން ވިދާޅުވިއެވެ.
މިހާރުވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގައި އޮތީ ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލުމުގެ ވާހަކަތައްކަމަށާ، އެޓޯލްސް މިނިސްޓްރީއެއް އުފައްދައި ކައުންސިލްތަކުގެ ބާރު ކަނޑުވާލާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ ރާއްޖެދުށް އެންމެ އިޚްލާސްތެރި ނިޒާމީ ހަމަތައް ހިފެހެއްޓެވި ވެރިޔާކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި މިއަދު ދިވެހި ދައުލަތް ހިނގަމުންދަނީ މިހާތަނަށް ރާއްޖެއަށް އައި އެންމެ ހަރުދަނާ ވެރިކަމުގެގޮތުގައި ކަމަށް އިމްރާން ވިދާޅުވިއެވެ.
ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށްވެސް މިހާތަނަށް އެންމެ ހަރުދަނާ އިސްލާޙުތައް ގެނެސްދެއްވީ މިސަރުކާރުން ކަމަށާ، ގާނޫނު އިސްލާހުކޮށް ކައުންސިލަތަކަށް މިހާ ބޮޑެތި ބާރުތަކެއް ދިން ވެރިކަމެއް ނޯންނާނެކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ދައުލަތުގެ މުޅި ނިޒާމު ހަރާބުކޮށްލައި ލާމަރުކަޒީ ނިޒާމާއި ލާމަރުކަޒީ ގާނޫނު އެފުށް މިފުށަށް ޖަހާނެކަމަށެވެ. އަދި ސިޓީތައް އުވާލައި އެޓޯލް މިނިސްޓްރީ އެއްގެ ދަށަށް އަތޮޅުތައް ގެންދާނެކަމަށެވެ. އެމިނިސްޓްރީ ހިންގަވާނީ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަކީ އެމްޑީޕީކޯލިޝަނުން މާބޮޑަށް އޯވަރ ކޮންފިޑެންސް ވެގެން ނުކުތް ނަތީޖާއެއްކަމަށާ، މިފަހަރު އެހެންއެކަން ނުވާނެކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ދެވަނަބުރު ކާމިޔާބުކުރައްވާނީ ރައީސް ޞާލިޙުކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު